ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަގީރުންގެ ދަފްތަރުގައި ތިބި ހައްޖުނުވާ އެންމެން ހައްޖަށް ފޮނުވަނީ!

ހައްޖު ކޯޕަރޭޝަނާ އެކު ބަޔަކު ހައްޖަށް ފުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަގީރުންގެ ދަފްތަރުގައި މިހާރު ހައްޖު ނުކުރެވިތިބި އެންމެން މި ސަރުކާރުން ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދެ އަހަރު ތެރޭގައި ހައްޖު ނުކޮށްތިބި 100 ފަގީރުން ސަރުކާރުން ހައްޖަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ މި 5 އަހަރު ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމެނޭ ކަމަށެވެ. މިހާރު ފަގީރުންގެ ލިސްޓުގައި ހައްޖުގެ އަޅުކަން އަދާނުކޮށް ތިބީ، ގާތްގަނޑަކަށް 376 މީހުންނެވެ.

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: