ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މުދަލަށް އަރައިގަތުމަކީ ސުލްހަވެރި އަމަލެއް ނޫން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހެއްގެ އަތުން އެކުއިޕްމަންޓު އަތުލުމަކީ ސުލްހަވެރި އަމަލެއް ނޫންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ފުލުހުންގެ ބެރިކޭޑްތަކާއި ޝީލްޑުތައް އަތުލައިގެން އުޅޭ މަންޒަރު އާންމުވެފައިވާ ދަނޑިވަޅެއްގައި، މިނިސްޓަރު އިހުސާން ވަނީ މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

”ގަދަބާރުގެ ބޭނުންކޮށްގެން ޑިއުޓީގައި ހުރި އޮފިސަރެއްގެ އަތުން މުދާ އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުން ނޫން،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މިފަދަ އަމަލުތަކުގެ ތެރޭގައި ކުރަން ބޭނުން ނުވާ ކަންތައްތައް ކުރުވުން ހިމެނޭ ކަމަށެވެ. އަދި މިއީ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ އަނިޔާވެރި އަމަލެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުދަލަށް މިގޮތަށް އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުށެއްކަމަށްވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން ސުލްހަވެރި މުޒާހަރާއެއްގެ ސިފަ ގެއްލި، އަމަން އަމާންކަމަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: