ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ބްރޯޑްކާސްޓަރެއްވެސް ވާންވާނީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމު ބައިވެރިޔަކަށްވުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިފައިވަނީ ރޭޑިއޯގެ ޚިދުމަތާއެކު 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. އަދި ޓީވީގެ ޚިދުމަތް ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު 29 ގައި ޓީވީ މޯލްޑިވްސްގެ ނަމުގައެވެ. މި ސިނާޢަތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނީ 2006 ވަނަ އަހަރުއެވެ.

ބްރޯޑްކާސްޓިންގ ދުވަހަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ރައީސް މުޢިއްޒު ވަނީ މި ދުވަހުގެ ތަހުނިޔާ މި ދާއިރާގެ ހުރިހާ ޚިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ. އަދި ”ކޮންމެ ބްރޯޑްކާސްޓަރެއްވެސް ވާންވާނީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމު ބައިވެރިޔަކަށް“ ކަމުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: