ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެއްވުން ހުއްޓުވަން ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކުރީ ޕްރޮފެޝަނަލް ކަމާއިއެކު: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެއްވުން ކުރިއަށް ގެންދަން ހުއްދަ ދިން ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ގެންދަން މަސައްކަތް ކުރުމުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެއްވުން ހުއްޓުވަން ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކުރީ ޕްރޮފެޝަނަލް ކަމާއިއެކު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށް ގެންދިއުމުގައި، އެއްވުމުގެ ބައިވެރިން ނިކުމެ، ފުލުހުންނާއިއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށް މަޖީދީމަގުން ދިއުމަށް މަސައްކަތްކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށް އަންގައި، ކުރިން އެއްބަސްވެވިފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުންގެ ޝީލްޑް އަތުލުމަށް މަސައްކަތްކޮށްފައިވެއެވެ.

ސުލްހަވެރި އެއްވުމުގެ ސިފަ ގެއްލިފައި

ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވެއެވެ. އަދި އެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގައިވާ ގޮތުން، މާލޭގައި އެއްވުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ގާނޫނު ނެގެހެއްޓުމުގެ ގޮތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކޮށްފައިވަނީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއިއެކު ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނާއި ގަވައިދުތަކުން ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: