ލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައި ވަނީ 6 ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދެއްވި މައުލޫމާތުގައި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 4 ބޭފުޅަކު ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 3 ބޭފުޅެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައެވެ. ނަމަވެސް، އެއް ބޭފުޅެއްގެ ކެންޑިޑަސީ ވަނީ ވަނީ ބާތިލް ކޮށްފައެވެ.
އިތުރު ތަފްސީލު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި، ކެންޑިޑަސީ ބަލާގަތް ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ އޭނާގެ ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅުއްވާފައެވެ.
އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލާފައިވާއިރު، މީގެ ތެރެއިން އެއް ބޭފުޅެއްގެ ކެންޑިޑަސީ ވަނީ ބަލައިގެންފައެވެ. އަނެއް ބޭފުޅާގެ ކެންޑިޑަސީ ވަނީ ބާތިލް ކޮށްފައެވެ.
މި އިންތިޚާބަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ހޮވުމަށް ބޭއްވާ އިންތިޚާބެވެ. މި އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެއެވެ.

