ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް އުޖާލާ ކުރިމަގެއް ހޯދުމުގައި އެންމެ އިސް ބަޔަކީ ޓީޗަރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން އާންމުކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ”މުދައްރިސުންގެ ބުރަ މަސައްކަތްތަކާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ މަންފާ އެކުލެވިފައިވާ ކަމެކެވެ.“

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ދިދަ އުފުލާނެ އަޒުމު ވަރުގަދަ މޮޅު ކުދިން މިއަދު މަދަރުސާތަކުގައި ތިބިކަމަށާއި، ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދޭ އިރުޝާދާއި، ތަޢުލީމާއި އޯގާތެރިކަމުގެ ސަބަބުންނެވެ.

ރައީސް މުއިއްޒު ދެއްވި ޔަގީންކަމުގައި، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ޚާއްސα ސަމާލުކަމެއް ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ރައީސް މުއިއްޒު ވަނީ ކޮންމެ އެދުރެއްގެ އާއިލާއަށް ދުޅަހެޔޮކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: