ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ހޫނުކުރީ ސަރުކާރުން ވައްދާފައިވާ ބައެއް: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މުޒާހަރާ ހޫނުކުރީ ސަރުކާރުން ވައްދާފައިވާ ބައެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޝާހިދު ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ޑިކްޓޭޓަރެއް ކަމަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީން ނިކުމެ ތިބީ ގާނޫނުއަސާސީން ދީފައިވާ ހައްގާއި އެ ހުދޫދުގެ ތެރޭގައި ތިބެގެން ކަންކަން ކުރިއަށް ގެންދަން ކަމަށެވެ. ކޮވިޑުގެ އާލަމީ ވަބާ އޮތް އިރުވެސް މީގެކުރިން، ޕީޕީއެމް/ޕީއެންސީން އޮތީ މަގުމަތީގައި މުޒާހަރާ ކުރަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންނަމަވެސް. ހުކުރު ދުވަހުގެ ރޭ މުޒާހަރާއަށް ނިކުތީ ރައީސް މުއިއްޒަށް ސާފު މެސެޖެއް އަރުއްވަން ކަމަށް ޝާހިދު ވިދާޅޫވިއެވެ. ޝާހިދު ވިދާޅުވީ އެންމެ ކުރިންވެސް އެދެމުން ދިޔައީ ސުލްހަވެރިކަމާއިއެކު މަޖީދީމަގުން ހިނގައިިފައިގޮސް މުޒާހަރާ ނިންމާލުމަށްކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ނުދެއްވީ ސަރުކާރުން ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

”އެ ފުރުސަތު ނުދެއްވުމުގެ ސަބަބުން ދިމާވީ ކަންކަން އެ ދިމާވީ. އަދި އެކަންތައްތައް އެ މަގަށް ގެންދިއުމަށްޓަކައި ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރެއްވި. އަމަން ބަލަހައްޓާ ފަރާތްތަކަށް، ފުލުހުންނަށް މަޖުބޫރު ކުރުވައިގެން ބަޔާން ނެރުއްވި. އެމްޑީޕީން ނިކުތީ މުޒާހަރާ ހަލބޮލި ކުރާށޭ“

ޝާހިދު ވިދާޅުވީ މުޒާހަރާއަށް ނިކުތީ ހަލަބޮލި ކުރަން ނޫން ކަމަށާއި މުހާޒަރާ ހޫނުކުރީ ސަރުކާރުން ވައްދާފައިވާ ބަޔަކު ކަމަށެވެ. ޝާހިދު ވިދާޅުވީ އެމީހުންނަށް އެ ފުރަސަތު ނުދިނީ ކަމަށާއި، އެ މީހުން ދުރަށް ނުޖެއްސިނަމަ އެ މުޒާހަރާ ނިމިގެން ދާނީ އެގޮތަށް ނޫން ކަމަށެވެ. އެ މުޒާހަރާގައި ފެނުނު މަންޒަރަކީ ހުރިހާ ބާރެއް އެކަކުގެ އަތްމައްޗަށް އައުމުން ކަންކަން ދާނެ މިންވަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުޒާހަރާގައި ރައްޔިތުންނާއި ދެކޮޅަށް ސޮނިކް ސައުންޑް ޑިވައިސް ބޭނުން ކުރީ އަލަށް އަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އާއްމުންނާއި ދެކޮޅަށް ބޭނުން ކުރުން އެއީ މަނާ އެއްޗެއް ކަމަށާއި އެހެންނަމަވެސް ބައެއް ގައުމުތަކުގައި ބޭނުން ކުރާކަންވެސް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އެހަތިޔާރު ބޭނުންކުރީ ހަމައެކަނި މުހާޒަރާ ގެ ރައްޔިތުންނާއި ދެކޮޅަށް ނޫން ކަަމަށާއި، އެސަރަހައްދުގައި ދިރިއުޅޭ އެންމެނަށް ވެސް އެ ހަތިޔާރު ބޭނުން ކުރި ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ކަނޑައެޅިގެން ހިލާފު ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: