އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަނިޔާވެރި އަމަލުތަކަށް މަގުފަހުވާ ފަދަ ކަންކަމާއި ބަސް ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
ހޯމް މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަދަނީ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށް ތަޢުހީނުކޮށްފައިވާ މައްސަލަަ އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
https://twitter.com/HomeMinistrymv/status/1180551742104096768
މި މައްސަލއާއި ގުޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އިސްކަން ދިނުމަށް ވަނި އެދިފައެވެ.
https://twitter.com/HomeMinistrymv/status/1180551743882420224
ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމާއަތާއި މެދު އާންމުންގެ ނަފްރަތު އަމާޒުވެގެންދިޔައެވެ. އަދި މި މައްސަލައިގައި ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.