ދިވެހިރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކޮށްފި އެވެ.
”ޒެޑެކްސް ސްޓަޑީ އެބްރޯޑް“ އިފްތިތާހު ކުރުން ކުރިޔަށް ގެންދިޔައީ މިރޭ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވަސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި އެ ކުންފުނިން ހަރަކާތްތެރިވެފައިވެއެވެ.
”ޒެޑެކްސް ސްޓަޑީ އެބްރޯޑް“ ގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެއެވެ.
ކިއު ސްޓަޑީ މޯލްޑިވްސްއިން ޒެޑެކްސްއަށް ސްޓަޑީ އެބްރޮޑަށް ރީ ބްރޭންޑް ކުރެވި، ދިވެހި ވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ވެސް ކުންފުނިން ވަނީ ނިންމާފަ އެވެ.
އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ 2 ދަރިވަރަކަށް ”ޤިބްލަ“ މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުތައް ވީހާވެސް އޮމާން ކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޒެޑެކްސްގެ އޮފިޝަލް ޓެރެވަލް ޕާޓްނަރަކަށް ކޮންސިއާރޖް ގްރޫޕް މޯލްޑިވްސް – ބަޓިކް އެއަރ ގެ ޖެނެރަލް ސޭލްސް އޭޖެންޓް ވަނީ ހަމަޖައްސާފަ އެވެ. މީގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ޓިކެޓުގެ އަގާއި ކާގޯ ސާވިސަސްގެ ރޭޓު އަތް ފޯރާފަށަށް ތިރިކުރެވިގެންދާނެކަން ކުންފުނިން ފާހަގަކުރެ އެވެ. އަދި ދަރިވަރުންނަށް އެއާޕޯޓުތަކުން ލައުންޖުގެ ސާވިސް ލިބުން ފަދަ އެތައްކަމެއް މި ރީބްރޭންޑިންގްގެ ދަށުން ވަނީ ރޭވިފައެވެ.
ރީބްރޭންޑްއާއި ގުޅޭގޮތުން ކުންފުނީގެ ސީއީއޯ އަހުމަދު ޒައިން ނާޒިމް ވިދަޅުވީ ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ސޮފްއާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އެ ކުންފުނިން ގެންގުޅޭ ތަސައްވުރަށް ލިބިގެންދިޔަ ކުރިއުރުމެއް ކަމަށެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ސޮފްއާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އަޅުގަނޑުމެން މި ގެންގުޅޭ ތަސައްވުރާއި، ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދިއަ ކުރިއެރުން ދައްކުވައިދޭނެ ސޮފްހާއެކެވެ.
މި ޖަލްސާއަށް ދައުލަތުގެ އިސް ފަރާތްތަކާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދަވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެނަފަ އެވެ.
ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ޒެޑެކްސް ސްޓަޑީ އެބްރޯޑް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ދިމާލަށް ރާއްޖޭގެ ދަރިވަރުންނަށް މަގުދައްކައިދިނުމަށް ޚާއްސަ ކުންފުންޏެކެވެ. އަދި އެ ދަރިވަރެއްގެ ހާލަތާއި ބައްދަލުކުރާ އެހީގެ އިތުރުން އިތުބާރު ހުރި ޕާޓްނަޝިޕްތަކާއެކު، ޡެދެކްސް އިން ދަނީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ބައިވެރިއަކަށްވެ، މުޖުތަމައުއަށް ފައިދާހުރި ޒުވާނުން ނެރުމުގައި ބޮޑު ރޯލެއް އަދާކުރަމުންނެވެ.

