ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ނެތި ހަމަޖެހުން އޮންނާނެކަމަށް ދެކުން ކޮސް: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފު ނެތް ހާލަތެއްގައި އާންމު ހަމަޖެހުން ގާއިމުވެގެންދާނެކަމަށް ދެކުމަކީ އެމީހަކަށް ކުރެވޭ ކޮސްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، އާންމު ހަމަޖެހުން ގާއިމުކުރެވޭނީ ރައްޔިތުންގެ މައްޗަށް ވަކި ފިޔަވަޅުތަކެއް ތަންފީޒުކުރެވިގެންތޯ ސުވާލު އުފެއްދުމަށް ޖާގަ އޮތްކަމަށެވެ.

އާންމު މަސްލަހަތު ހިމާޔަތްވެގެންދިއުމަކީ އާންމުން ވަކި ގޮތަކަށް އުޅެގެންވާނެކަމެއްތޯ ސުވާލު މެމްބަރުކުރެއްވިއެވެ. މީކާއިލް ވިދާޅުވީ، މާލެ ސަރަހައްދުގައި އާންމު ހަމަޖެހުން އޮތުމަށް އެދޭނަމަ އެކަމުގައި ފުލުހުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމަށެވެ. އަދި މިފަހުން މާލެ ސަރަހައްދުގައި ހިންގި މުޒާހަރާއެއްގައި ފުލުހުން ހަތިޔާރުގެ ބޭނުންކުރިގޮތުން އާންމު މަސްލަހަތު ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރިތަން ފެނިގެން ނުދާކަމަށް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ހަތިޔާރެއް ބޭނުންކުރާނަމަ އޭތި ބޭނުންކުރާނެ ގޮތުގެ ތަފްސީލުތައް ބަޔާންކުރެވިފައިވާ ލިޔުމެއް އޮންނާނެކަމަށާއި އެއީ ޝާއިއުކުރެވިފައިވާންޖެހޭނެ ލިޔުމެއް ކަމަށެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފެންނަން ނެތުމުން ހިތާމަކުރައްވާކަމަށާއި އެލްއާރްއޭޑީ ބޭނުންކުރީ އެ ސަރަހައްދުގައި ތިބި އެއްވެސް ބަޔަކަށް ބެލުމެއް ނެތިކަމަށ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަރުކަށި މި މައްސަލަ އިބާރާތުން ކުށްވެރިކުރައްވާކަމަށާއި ބިލެއް ހުށައެޅިފައި ވަނީ ހަމަޖެހުން ގާއިމުކުރުމުގެ ނިޔަތުގައިކަމަށާްވާއިރު މެމްބަރުންވެސް އެދެނީ ކަންކަން އެގޮތަށް އޮތުމަށްކަމަށެވެ.

މީކާއިލް ވިދާޅުވީ ރައްޔިތުންވެސް އެދެނީ ހަމަޖެހުމަށް ކަމަށްވާއިރު އެކަން ކުރަންޖެހެނީ އިންސާފާއި ދުރަށް ޖެހުމަށްފަހު ނޫންކަމަށާއި އިންސާފު ނުލިބި އާންމު ހަމަޖެހުން ގާއިމުވެގެންދާނެކަމަށް ދެކުމަކީ އެމީހެއްގެ ކޮސްކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: