ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް މައްސަލަތައް ބޮޑުވާއިރު ހައްލެއް ގެންނަން އުޅޭތަން ނުފެނޭ: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރު އަބަދުލްޣަފޫރު މޫސާ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ބޮޑުވަމުންދާއިރު، އެކަމަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ”ޓްރާންސްޕޯޓުގެ ނަން ދެވިފައިވާ މިނިސްޓްރީއެއް ރާއްޖޭގައި ހުރިކަމާމެދު ސުވާލު އުފެދޭ“ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގައި ތިބި އުޅަނދުތަކުގެ އަދަދުގެ ތަފްސީލު ނޭނގޭކަމާއި، ޓްރެފިކުގެ މައްސަލަތައް އިތުރުވެ ބޮޑުވަމުންދާއިރު ހައްލެއް ގެންނާނެ ގޮތްވެސް ނޭނގޭކަން ފާހަގަކުރެއްވިއެވެ.

މެންބަރު ޣަފޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ އަތުން ފައިސާ ނެގުމަށް މަސައްކަތްކުރަމުންދާ މަންޒަރު ފެންނަމުންދެއެވެ. އެގޮތުން، ވެހިކަލް ރެޖިސްޓްރީކުރުމަށް ދޮޅު ލައްކަ ރުފިޔާ ދޭންޖެހޭކަމާއި، ޑިއުޓީ ދެއްކުމުން ކާރު ގެނައުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ނިޒާމުން ބޭރުން ހިނގާ މުއާމަލާތްތައް ފާހަގަކުރައްވަމުން، މެންބަރު ޣަފޫރު ވިދާޅުވީ، މިފަދަ މުއާމަލާތްތަކުން ލިބޭ ފައިސާ ދައުލަތަށް ވަންނާނެ އިންތިޒާމެއް ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް މާލެ ސަރަހައްދުގައި ކާރު ބޭއްވޭނެ ތަނެއް ހޯދައިދެވިފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޓްރެފިކް މައްސަލަތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާއަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް މަޢާފުކޮށްދެވޭ އެއްޗެއްކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ. ”މިއީ ކޮންމެހެން ރައްޔިތުން ދައްކަންޖެހޭ ފައިސާއެއް ނޫން. ރިޔާސީ އިންތިޚާބާ ދިމާކޮށް މި ވާހަކަތައް ދެއްކުމުން މަޢާފުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދޭ“ ކަމަށް އެމެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: