ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ކިބައިގައި ސިއްހީ ނުރަނގަޅު އާދަކާދަތައް ހުންނާތީ، އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ކިބައިގައި ސިއްހީ ނުރަނގަޅު އާދަކާދަތައް ހުންނާތީ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް  ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވައެވެ.

ސުވާލުގައި ފާހަގަކޮށްފައިވަނީ ޕާޓީ ޑްރަގްސް ގިނަވެ، ރާއްޖޭގައި އިންޓްރަވޭނަސްކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ، ޓީބީ، ހެޕަޓައިޓިސް ބީ، އެއިޑްސްފަދަ ކޭސްރައް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ފެތުރުމުގެ ބިރު އޮތްކަމަށް އަމިއްލަ އެންޖީއޯއަކުން ކުރި ދިރާސާއަކުން ދައްކާކަމަށެވެ.

މާލެ ތެރޭގައި މިހާރު ބޭނުންކުރަނީ ކޮން ބާވަތެއްގެ މަސްތުވާތަކެތިކަން ނޭޝަނަލް ޑްރަގް އެޖެންސީއަށް އެނގޭތޯ މެންބަރު ވަނީ ސުވާލުކޮށްފައެވެ. އަދި މިކަމަށް އެއްވެސް ސިޔާސަތެއް ނޫނީ ޕްލޭނެއް ހަދާފައިވޭތޯ ސުވާލުކޮށްފައިވެއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ސިއްހީ ނުރަނގަޅުއާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ، ގައިން ގަޔަށް އަރާ ބަލިތަކާއި އެނޫންވެސް، ބަލިތައް އެމީހުންގެ ފަރާތުން ފެތުރުމުގެ ހިރާސް ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން މިފަދަ ބަލި މީހުން ދެނެގަތުމާއިއެކު، އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލްއާއި އެމީހުންގެ އާއިލާތަކާއި ގުޅިގެން ނެޝަނަލް ޑްރަގް އެޖެންސީއިން ދަނީ އެފަދަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެމީހުންގެ ސައިކޭޓްރިކް އިވެލުއޭޝަން ހަދާ، ސައިކޭޓްރިކް ފަރުވާއާއިއެކު ސިމްޓޮމެޓިކް މެޑިކަލް ޓްރީޓްމެންޓްގެ ގޮތުގައި ދޭން ޖެހޭ ފަރުވާއާއިއެކު ޓްރީމެންޓް ޕްލޭން ހަދާ، އެ ޕްލޭންއާއި އެގޮތަށް ފަރުވާދެމުން ގެންދާކަމަށް މިނިސްޓަރު އިހުސާން ފާޙަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންޑީއޭއިން ރިސާޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގްސް ބޭނުންކުރުމާއި، ނަފްސާނީ މައްސަލަތަކާއި ގުޅުންހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ކަލެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމެންޓްތަކުންނާއި، ޓެސްޓް ކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓް ކޮށްގެން ލިބޭ ރިޕޯޓުތައް އެންޑީއޭއާއި ހިއްސާކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭކަމަށްވެސްވެއެވެ. އަދި މިހާރު ކުރިއަށްދާ ޑްރަގް ޕްރިވެލެންސް ސަރވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، މަސްތުވާތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަ މައުލޫމާތު ލިބޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: