ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީއެމްޕްލޯއީ ކުރާއިރު ވަކި ސިޔާސީ ފިކުރަކަށް ވީތީ ވަޒީފާގެ މާހައުލަށް ނެރުމުގެ ބަދަލުގައި ހަމަހަމަކަން އޮންނަންވާނެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް
ޝެއާރކޮށްލާ ކަހަލަދޯ؟

ރީއެމްޕްލޯއީ ކުރާއިރު ވަކި ސިޔާސީ ފިކުރަކަށް ވީތީ ވަޒީފާގެ މާހައުލަށް ނެރުމުގެ ބަދަލުގައި ހަމަހަމަކަން އޮންނަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރީއެމްޕްލޯއިމެންޓް ބިލަށް ތާއީދުކޮށް ދެއްކެވި ވާހަކައިގައި މައުރޫފް ވިދާޅުވީ،  މި ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފެށުމުން ނުކުންނާނެ ނުރަނގަޅު ކަންތައްތަކާއި ބެހޭ ގޮތުން ވިސްނަން ޖެހޭ ކަމަށެވެ.

ބިލުގައި މިހާރު އޮތް ގޮތުން ވަޒީފާ އަދާކުރަމުންދިޔަ ތަނުގައި މަސައްކަތް ކުރުންމަތީ ދެމިހުރުމުގެ ފުރުސަތު ރިޓަޔާމެންޓު އުމުރަށް ވާސިލުވުމަށްފަހު މަސައްކަތްކުރަން އެދޭ މީހާއަށް ލިބޭނެއެވެ. އަދި ބިލު ފާސްވެ ތަސްދީގުކުރުމުގެ ހަތް އަހަރު ކުރިން ރިޓަޔާކޮށްފައިވާ މީހުންނަށް އަނބުރާ މަސައްކަތަށް އައުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން މަސައްކަތުން އެކަހެރިކުރުމުން ހިތްދަތިކަން ތަހައްމަލުކުރާ އިސްރަށްވެހިންނަށް އަނބުރާ މަސައްކަތަށް ނުތުމުގެ ފުރުސަތު ލިބޭނެއެވެ.

މައުރޫފް ވިދާޅުވީ މިކަމުގެ ސަބަބުން އޮތް ބިރަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ނިކުންނަ މިންވަރު ވަރަށް މަދުވުންކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭކަމެއްކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ މިކަމުގެ ސަބަބުން ޕްރޮޑަކްޓިވިޓީ އެންޑް އެފިޝީއެންސީގެ މައްސަލަވެސް ނިކުންނާނެކަމަށެވެ. ރާއްޖޭގައި ޔޫތް އަންއެމްޕްލޯއިމެންޓްގެ މައްސަލައެއް މިވަގުތު އޮތީ މިކަމުގެ ސަބަބުން ނޫންކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ޕްރޮޑްކްޓިވިޓީއަށް ބަލާއިރު، ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ ހާލަތާއި ނުވަތަ މަސައްކަތުގެ ތަޖުރިބާއާއި އަދި އެބޭ ބޭފުޅުން މަސައްކަތުގައި ހޭދަކުރަމުނދާ ގޮތަށް ބަލާއިރުގައި އެއީވެސް މައްސަލައެއްކަމަކަށް ދިވެހިރާއްޖޭގައި ވެދާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

މައުރޫފް ވިދާޅުވިއެވެ.

މި ބިލުގެ މަގްސަދަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ދިނުންކަމަށްވާނަމަ، ރަނގަޅެއް ނުވާނެކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެންމެންނަށްވެސް މި ފުރުސަތު އޮންނަންވާނެކަމަށެވެ. މިއީކަމުގެ ހަގީގަތްކަމަށާއި، ހަމަހަމަކަން އޮންނަންވާނެކަމަށާއި، ބިލުގެ ބޭޏުން ހިފަންވާނީ ރަނގަޅު ގޮތުގައިކަމަށް މައުރޫފް ވިދާޅުވިއެވެ.

މި ބިލުގައި އޮތް ގޮތުން މިގޮތަށް ވަޒީފާގެ މާހައުލަށް އެނބުރި އަންނަ ފަރާތްތަކަށް ޕްރޮބޭޝަންގެ މުއްދަތެއްވެސް ހޭދަކުރަން ނުޖެހޭކަމަށާއި، މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މައުރޫފް ވިދާޅުވިއެވެ. އަލަށް ރީއެމްޕްލޯއިމެންޓް ކުރައްވާ ފަރާތްތަކަށް މި މުއްދަތު އޮންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ. މިކަމުގެ މަގްސަދަކީ އޭނާގެ ވަޒީފާ ގެއްލުވާލުމާއި، ވަޒީފާ ނުދިނުން ނޫންކަމަށާއި، މިއީ މަސައްކަތަށް އައިސްފައި ހުރި ބަދަލުތައް ދެނެގަތުންކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: