ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ފޮޓޯ މައުރަޒު ހުޅުއްވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ނައިބު ރައީސަށް ވަނީ އަރުވާފައެވެ. މި އުފެއްދުން ނައިބު ރައީސްގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ ޛޫޝާން ކަމާލުއްދީނެވެ.

އެއަށްފަހު، ނައިބު ރައީސް ވަނީ، ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.

ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ޚިދުމަތްތައް ޤައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދަވައި، ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: