މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓުލުމަށް 190 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވީ ރޭ 12:00 ގައެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ޝަރުތު ހަމަވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ފަރާތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބަށް ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 2025 އޮކްޓޫބަރު 2 ވީ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 6 ވީ ހޯމަ ދުވަހާ ހަމައަށެވެ.
މި އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު އަދި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

