ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ކޮރަޕްޝަނަށް ޖާގަ ދީގެން ތިބި މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޮރަޕްޝަނަށް ޖާގަދީ، އެކަމަށް އެއްބާރުލުން ދީ ފޮރުވައިގެން ތިބި މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

2021 – 2023 އަށް އެކުލަވާލާފައިވާ ފެނަކައިގެ ހާއްސަ އޮޑިޓު ދައްކާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މާލީ ހާލަތު ދިޔައީ އިންތިހާއަށް ދަށްވަމުންނެވެ. އަދި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ އާއިލީ ބައެއް ކުންފުނިތަކަށް ބިޑަކާއި ނުލައި ޕްރޮޖެކްޓުތައް ދީފައި ވެއެވެ.

ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތި ކުރި އެ ރިޕޯޓުގެ މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ މިއީ އަޅާނުލައި ދޫކޮށްލަން ޖެހޭވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އޮޑިޓުގައި ހިމަނާފައި ހުރި ގިނަ ކަންކަމަކީ އަޒާން ވިދާޅުވި ގޮތުގައި މިފަހުން ފެންމަތިވީ ކަންކަމެއް ނޫނެވެ. މިއީ ފާޅުގައި އެމްޑީޕީގެ ސަރުކާރުގައި ހިނގަމުން ދިޔަ މައްސަލަތަކެއްކަމަށްވާއިރު، އެކަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަމައަށް އޮތީ ގޮސްފައިކަމަށް އަޒާން ވިދާޅުވި އެވެ.

ނަމަވެސް އޭރު އެމަނިކުފާނު މި ކަންކަމަށް ބީރު ކަންފަތެއް ދެއްވިކަމަށާއި ފެނަކައިން އެތައް ބިލިއަން ރުފިޔާއެއްގެ ކޮރަޕްޝަން ހިންގުމަށް ފުރުސަތު ދެއްވައިގެން ހުންނެވީކަމަށް އަޒާން ވިދާޅުވި އެވެ. އެހެންކަމުން އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ މިކަމަށް ފުރުސަތު ދިން މީހުންގެ މައްޗަށްކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ، އެކަމަށް މަގުފަހި ވަނީ ނިޒާމުގެ ތެރޭގައި ހުރި ކުދި އުނިތަކެއްގެ ސަބަބުންކަމަށެވެ. ކުޑައިރު އެފްޕީއައިޑީގެ ބޮޑު ހިޔާނާތެއްގެ ވާހަކަތައް އިވިގެންދިޔައިރު މިފަހުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް އިވިގޮސްފައިވާކަން އަޒާން ފާހަގަކުރެއްވި އެވެ. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ތަފާތު އެތައް ސަރުކާރެއް ފެނުނުއިރު ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާކަމަށެވެ. އަދި އެ މައްސަލަ އަހަރަކުން އަހަރަކަށް ބޮޑުވެ އިތުރުވަމުންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ވަޒީފާތަކުގައި ތިބި މީހުންވެސް ބަދަލުކުރެވިދާނެކަމަށާއި އެފަދަ އެހެނިހެން ފިޔަވަޅުތައްވެސް އެޅިދާނެކަމަށެވެ. ނަމަވެސް ނިޒާމުގައިހުރި އުނި ކަންކަން ހައްލުނުކޮށް މައްސަލައިގައި ކުރިއެރުމެއް ލިބިގެން ނުދާނެކަމަށް ވިދާޅުވި އެވެ.

މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މިހާރަށްވުރެ ހަރުދަނާ ގާނޫނުތައް ވުޖޫދުކޮށް އެ ގާނޫނުތައް ތަންފީޒުކުރެވިގެންދާކަންވެސް ކަށަވަރުކުރަންޖެހޭކަން އަަޒާން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: