ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

ރައީސުލްޖުމްހޫރިއްޔާ، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ފަށައިފިއެވެ.

މި ދެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެން މިދިޔައީ، އދ. މަހިބަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފެށުމާއެކުއެވެ.

މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ވަނީ ފެށިފައެވެ.

މި އަމާޒު ހާސިލު ކުރެވިފައި ވަނީ، ސަރުކާރުން ކަނޑައެޅުއްވި މުއްދަތަށްވުރެ ތިން މަސް ކުރިންނެވެ.

މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިހާރު ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިފަދަ ހިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަގްސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ.

ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށިފައި ވާތީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއްވެސް ވަނީ އެރުވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: