ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ގިނަ ބަޔަކު ބައިވެރިވެގެން: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ އެކަމުގައި ގިނަ ބަޔަކު ބައިވެރިވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އޮޑިޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، މިއީ ހެޔޮ ނަތީޖާތަކެއް ފެނިގެންދާނެ އިސްލާހެއްކަމަށާއި ނަމަވެސް ކަންކަން ރަނގަޅުވެގެންދާނީ އޮތް ގޮތުގެ މަތިން ކަންކަން ކޮށްގެންކަމަށެވެ.

ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންވެސް މާލީ ބަޔާން ހުށައަޅަންޖެހޭކަމަށެވެ. ނަމަވެސް އެ ބަޔާންތަކުން އެއްވެސް ކަމެއް ރައްޔިތުންނަށް ސާފުވެދާނެކަމާއި މެދު ޣަފޫރު ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ އެފަދަ ނިޔަތެއް ވެސް ނެތި ގެންނަ ގާނޫނަކުން ނެރެވޭނެ ނަތީޖާއެއް ވެސް ނެތްކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގައި ކަން ހިނގަމުންދަނީ އެގޮތުގެ މަތިންކަމަށެވެ. އަދި ގައުމުގައި ހިނގަމުންދާ މިފަދަ މައްސަލަތައް ހައްލުކުރުމުގެ އަޒުމު ސިޔާސީ ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ މީހަކު ފެނިފައިނުވާކަމަށާއި ގައުމުގެ ވެރިކަމާއި ހަވާލުވާއިރު ކޮންމެ މީހަކުވެސް އެތައް ކަމެއް ކުރާނެކަމުގެ ވައުދުވާއިރު އެކަން ނުވެ އާހިރުގައި އެމީހާވެސް ގެއްލިގެންދާކަމަށް ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ، އެމީހާވެސް ކޮރަޕްޝަންގެ ތެރޭގައި ފޯވެގެންދާކަމަށާއި އެއީ ހައްލުވާންޖެހިފައިވާ މުހިންމު މައްސަލައެއްކަމަށެވެ. ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު އެއީ ބިރެއް ލަދެއް ނެތި ހިންގަމުންދާ އަމަލުތަކެއްކަން ފެނިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، އެފަދަ އަމަލުތައް ރާއްޖޭގައި ހިންގަމުންދަނީ ގިނަ ބަޔަކު ބައިވެރިވެގެންކަމަށާއި ކުރެވެމުންދަނީ ގޯސްކަމެއްކަން އިހުސާސްވެސް ނުކުރެވޭކަމަށް ގަބޫލުކުރައްވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގައި އެފަދަ ކަންކަމަށް ދޭނެ އަދަބެއްވެސް ނެތްކަމަށާއި ކަންކަން މި މިންވަރަށް ބަދަލުވެ ގޯސްވެފައިވަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އެއިރެއްގައި އޮތް ސަރުކާރަކަށް ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުން ލާޒުމުވެގެންދާކަމަށާއި ރައްޔިތުންނަށް އިހުމާލުވެވޭ ހިސާބެއްވެސް އަންނާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވަމުންދަނީ ރައްޔިތުންގެ ތެރެއިން ބަޔަކުވެސް އެކަމަށް ތަރުހީބު ދޭތީކަމަށެވެ. އަދި އެ ވާހަކަތައް ދައްކަން ނުކެރުނު ނަމަވެސް އެއީ މިއަދު އޮތް ހަގީގަތްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: