ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ކޮރަޕްޝަންގެ މައްސަލައެއް ނުބެލުނު، ތުހުމަތުކުރެވޭ މީހުންވެސް ދޫކޮށްލީ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު ނޭޅުނުއިރު އެ ޕާޓީގެ ސަރުކާރުން މި އަމަލުތަކަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލީކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެ އެހެން ސިޔާސީ ފިކުރަކާއި ގުޅުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހު އެމްޑީޕީން ވެރިކަމަށް އައިސް ބަދަލު ކުރިކަމަށެވެ. މި މާއްދާ ބާތިލުކޮށް އޭގެ ފަހުން ހިނގި އެތައްކަމަކުން އެމްޑީޕީގެ ނަޒާހަތްތެރިކަން އޮތް މިންވަރު އެނގިގެންދާކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ އޭގެ ކުރީގެ ވެރިންކަންތަކަށް ވުރެ ވެސް ބޮޑު ދަރަންޏެއް އުފެއްދުމަށް ފަހުކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަން މައްޗަށް އަރާއި ދަރަނި އުފުލިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ ހިންގި ވައްކަމާއި ކޮރަޕްޝަނަށް ނެގި ފައިސާކަމަށް ދީދީ ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމަށް އައީ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ވައްކަމާއި، ކޮރަޕްޝަން ހިންގައި ރައްޔިތުންނަށް އެތައް ގޮތަކުން އިހުމާލުވެފައިވާކަމަށް ބުނެ ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެލައިގެންކަމަށް ދީދީ ވިދާޅުވި އެވެ. ވެރިކަމުގެ ދައުރު ނިމިގެން ދިޔައީ މިއިން އެއްވެސް މައްސަލައެއް ނުބެލިކަން ފާހަގަކޮށް ދީދީ ވިދާޅުވީ، ވެރިކަމުގެ އެންމެ ފަހު ދުވަހު ހިޔާނާތުގެ މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރެވުނު މީހުން ޖަލު ހުކުމުން މިނިވަން ކުރިކަމަށެވެ. އޭގެ ކުރިން ވެސް އެބޭފުޅުން ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައީ، ގޭ ބަންދުގައި ތިބެކަމަށް ދީދީ ވިދާޅުވި އެވެ.

ދީދީ އެ ފާހަގަކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި އިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި މާފެވެ.

މީގެއިތުރުން ދީދީ ވިދާޅުވީ އެމްޑީޕީ ދިޔައީ އެ ޕާޓީއަށް މަންފާވާ ގޮތަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑުކޮށް ފައިސާ ޗާޕު ކުރަމުންކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ވެރިކަމެއް އުފެދޭ އެއްވެސް ހާލަތެއްގައި އެތައް މަސައްކަތުން ގެނައި ގާނޫނުތައް ބާތިލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ދީދީ ވިދާޅުވީ މިފަދަ ގާނޫނުތައް ބާތިލު ކުރާ މީހުންނާއި މެދު ވެސް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ އެއްވެސް މަސައްކަތަކާއި ދެކޮޅަށް މަގުމައްޗަށް ނިކުންނަން ޖެހޭކަމަށް ގަބޫލު ނުކުރާކަމަށް ދީދީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: