ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ބައްސާމް 4 އަހަރަށް ޖަލަށް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް : ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ މައްޗަށް ކުށް ސާބިތުވެ، 4 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން  ހުކުމް ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، ބައްސާމްގެ މައްޗަށް ކުރެވުނު ދަޢުވާއަކީ އެފްއޭއެމްއިން ޑޮލަރު މާރުކުރުމުގެ ބޭނުމުގައި އަމިއްލަ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުދައްކާ، އެއީ އަމިއްލަ މުދަލެއްގެ ގޮތުގައި ބޭނުންކޮށްފައިވުމުގެ ދަޢުވާއެވެ.

މި މައްސަލައިގައި ގާޒީ އިސްމާއިލް ޝަފީއު ނިންމެވި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، މި ބާވަތުގެ ކުށްތަކަށް ގާނޫނުގައި ކަނޑައެޅިފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ އަހަރު ދުވަހުގެ އަދަބެކެވެ. އަދި ބައްސާމަށް ލިބެންޖެހޭ އަދަދާއި ނުބައްދަލު މިންވަރެއް އާމްދަނީގެ ގޮތުގައި ލިބިފައިވާކަން ފެންނަން އޮތުމުން، އެންމެ ހަރުކަށި އަދަބެއް ދިނުމަށް ނިންމެވިއެވެ.

ބައްސާމްގެ ފަރާތުން މި ހުކުމުގެ އަދަބު ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ފަނޑިޔާރުވަނީ އެކަމަށް އިންކާރުކުރައްވާފައެވެ. އަދި މި މައްސަލައިގެ އިތުރުންވެސް ކޯޓުގައި ބައްސާމްގެ މައްޗަށް އިތުރު ދެ ދަޢުވާއެއްގެ މައްސަލަ ހިނގަމުންދާކަން ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: