ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން މުފީދު މިނިސްޓަރ އަމީރަށް: ނިންމި 42 މަޝްރޫއު ދުރުމީ އަޅައިގެން ފެންނާނެބާ؟

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން 42 މަޝްރޫއު ނިންމިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވުމާއި ގުޅިގެން ނިންމި މަޝަރޫއުތައް ދުރުމީ އަޅައިގެން ނަމަވެސް ފެންނާނެތޯ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިސަރުކާރު ހަވާލުވި ފަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 42 މަޝްރޫއެއް ނިމިފައިވާ ކަމަށާއި އެމަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 759 މިލިއަން ރުފިޔާ އެމަޝްރޫއުތަކަށް ދައުލަތުން ދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވުމާއި ގުޅިގެން ހަސަން މުފީދު ކުރެއްވި ޓުވީޓެއްގައި ވަނީ އަމީރު ވިދާޅުވި ވާހަކަތަކުގެ މާނަ އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ ހާމަކުރެއްވި މަޝްރޫއުތަކަކީ މާލޭގެ މަގުތަކުގައި ޓްރެފިކް ރޮނގު ދެމުމާއި ރިބަން ކެނޑުން ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

 

https://twitter.com/Hasa_Naa/status/1181475996886634498

“ތި ވިދާޅުވީ މާލޭގެ މަގުތަކުގައި ޓްރެފިކް ރޮނގު ދެމުމާއި ރިބަން ކެނޑުމާއި ގެންނެވި ނަންއިތުރުގެ ވާހަކަތޯ؟ އިތުރު ކަމެއް އެބައޮތްތޯ؟ ދުރުމި އަޅައިގެންވެސް ފެންނާނެބާ”. ހަސަން މުފީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް މިނިސްޓަރ އަމީރު ހާޒިރުކުރެއްވީ މެމްބަރު ޖާބިރުގެ އެދިވަޑައިގަތުމަކަަށެވެ. މިނިސްޓަރ އަމީރު ވަނީ މިހާރު 136 މަޝްރޫއެއް ހަވާލު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 29 މަޝްރޫއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި  އިތުރު މަޝްރޫއުތަކުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: