ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއިން ހިފެހެއްޓި ދުންފަތުގެ ބާވަތްތަކެއް ގެއްލިއްޖެ

މާލެ ނޯތު ހާބަރުގެ މަންޒަރު/ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްއިން ހިފަހައްޓައި، ހުޅުމާލޭ ޓާމިނަލްގައި ބަހައްޓާފައި ހުރި ދުންފަތުގެ ބާވަތްތަކެއް ގެއްލިފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން  ކަށަވަރުކޮށްދީފިއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، ދާދި ފަހުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތްތަކެއް ވަނީ ހުޅުމާލޭގައި ހުންނަ ޓާމިނަލްގައި ބަހައްޓާފައެވެ. އަދި މި ތަކެތި ގެއްލުމާ ގުޅިގެން މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައަކީ މިވަގުތު ފުލުހުންގެ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވުމާއެކު، އިތުރު ތަފްސީލު ހިއްސާކުރެވެން ނެތްކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގެއް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ، މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. މި މައްސަލައިގައި ގެއްލުނު ދުންފަތުގެ ބާވަތްތަކުގެ އަގާއި، އަދި އެ ތަކެތި ގެއްލުނު ގޮތާ ގުޅޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: