ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވައްކަން ކުރިކަން ރައްޔިތުން ގަބޫލުކުރޭ: ނަސީރު

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދައުރުގައި ވައްކަންތަކެއް ހިނގާފައިވާކަން ރައްޔިތުން ގަބޫލުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ނަސީރު ވިދާޅުވީ، ޕީއެންސީން ވެރިކަމާއި ހަވާލުވިއިރު ގައުމު އޮތް ހާލަތު އެމްޑީޕީގެ ސަރުކާރު ހިންގި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށެވެ. ނަސީރު ވިދާޅުވީ، ތިން ވަރަކަށް މަސް ދުވަހު ސަރުކާރު ހިންގުމަށް މަސައްކަތްކުރުމަށްފަހު ވެރިކަން ދޫކޮށްލާނެކަމަށް އެމްޑީޕީން ގަބޫލުކުރިކަމަށާއި އާސަންދައާއި އެންސްޕާ ފަދަ ކުންފުނިތަކަށް ދައްކަންޖެހޭ އެންމެ ރުފިޔާއެއްވެސް ދައްކާފައި ނެތްކަމަށެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ފެށިގެން އެންމެ ކުޑަ ކުންފުނިތައް މެދުވެރިކޮށް ވެސް ދިވެހި ރައްޔިތުންގެ އަތުން އެތައް މަސައްކަތްތައް ކުރުވާފައި ހުރިކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ނުދޫކޮށް ހުރިކަން އިންތިހާބީ ދުވަސްވަރު ފައިސާ ނުލިބިހުރި ކުންފުނިތަކުން މުޒާހަރާކޮށްފައިވުމުން ފެނިގެންދާކަމަށާއި އެ ދުވަސްވަރު މަސްވެރިންނަށްވެސް އެތައް މިލިއަން ރުފިޔާއެއް ނުދެވިހުރިކަމަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ޕީއެންސީގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގައުމު ބިނާކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ޕާޓީ ސިސްޓަމް ގާއިމުކުރީ ވެސް އެ މަގުސަދުގައިކަމަށާއި ނަމަވެސް އެ ނިޒާމުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާކަމަށެވެ. އެމްޑީޕީގެ ދައުރުގައި އެނާ ނިސްބަތްވާ ދާއިރާގެ މީހަކު އޮޅިގެން ކުޑަ ކުށެއް ކުރެވުމުން ވަޒީފާއިން ވަކިކުރަން ހިއްސާކުރައްވައި މެމްބަރު ވިދާޅުވީ، ސެޓެލްމެންޓުވެސް ހެދިކަމަށެވެ. އަދި އެމްޑީޕީންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިނގި ބައެއް ކަންކަމަށް ސެޓެލްމެންޓު ހަދާފައިވާކަމަށްވުމުން އެމްޑީޕީގެ ދައުރުގެ ކަންކަން ބަލަން ފެށުމުން މަގުތަކަށް ނުކުންނަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެއްދެވިއެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ނަހަމަ އަމަލުތަކެއް ހިންގިކަމަށް ރައްޔިތުން ގަބޫލުކުރާކަމަށެވެ. އެހެންކަމުން އެކަން ބަލަންޖެހޭނެއިރު މަސައްކަތްތައް ފެށުމުން މަގަށް ނުކުންނަނީ ކޮން ސަބަބަކަށްތޯ ސުވާލު ކުރެއްވިއެވެ. ނަސީރު ވިދާޅުވީ، މަގަށް ނުކުމެގެން ހައްލެއް ނުލިބޭނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ސެޓެލްމެންޓު އުސޫލުން ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާކަމަށާއި ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ދައްކާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިރުޝާދު ދެއްވިއެވެ. ނަމަވެސް އެމްޑީޕީން ބޭނުން ނަމަ އިންތިހާބާއި ޖެހެންދެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް  ގެންދެވިދާނެކަމަށާއި ތާއީދު ބޮޑީ ކޮން ޕާޓީއެއްގައިކަންވެސް ބެލިދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: