ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތް: މިނިސްޓަރ

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށް ނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އުރުދުންގެ ވެރިރަށް އައްމާންގައި މިމަހުގެ 7 އިން 9 އަށްކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 8 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) ގައި ބައިވެރިވެވަޑައިގަންނަވައެވެ.

ތިންދުވަހަށް ދެމިގެންދާ މި ބައްދަލުވުމުގެ ފުރަތަމަ ދުވަހަކީ، ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއި ހެލްތް ދާއިރާގެ ފަންނީ ބޭފުޅުންގެ ބައްދަލުވުން ކުރިއަށްދާދުވަހެވެ. އަދި 8ވަނަ ދުވަހާއި 9ވަނަ ދުވަހަކީ އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުން އެޖެންޑާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާ ދެދުވަހެވެ. މިގޮތުން މިއަހަރުގެ މަޢުޟޫއަށް މިނިސްޓަރ  ނާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ. މިގޮތުން ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލަމުން، މި ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަމަސައްކަތްކަމާއި، އަދި މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ސިއްހީދާއިރާއަށް ދެއްވާ އަހަންމިއްޔަތު ފާހަގަކޮށްލެއްވިއެވެ. މީގެއިތުރުން، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައަށް އަލިއަޅުއްވާލައްވައި، އިސްމާލީ ޤަޢުމުތައް ގުޅިގެން، ހުރިހާ ޤަޢުމަކުން އެކުގައި މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

މި ބައްދަލުވުމަކީ އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަނެ، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާޞިލުކުރެވޮފައިވާ މިންވަރު ބަލައި ކުރިއަށް އޮތް ދިހަ އަހަރުގެ ސްޓްރެޓެޖިކް ޕްރޮގްރާމް އެކުލަވލުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްދާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެއެވެ.

އޯ.އައި.ސީގެ 7 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި އެކުވެރި ޢަރަބި އިމާރާތް(ޔޫ.އޭ.އީ)ގެ ވެރިރަށް އަބޫދާބީގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: