ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީރުވެސް އޭސީސީއަށް ހާޒިރުކުރަނީ!

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގެއް ހިންގަން ފަށައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ މައްސަލައެއް އޭސީސީން ތަހުގީގުކުރަން ފެށުމާއިއެކު ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، އޭނާއަށްވެސް އާދިއްތަ ދުވަހުގެ ވަގުތެއްގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.

އަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ އަމާނާތްތެރިކަމާއި ތެދުވެރިކަންމަތީގައިކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފާފައިނުވާނެކަމަށް ވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ވަޒީރުކަމުގައި ކޮންމެ ކަމެއްގައިވެސް ލަފާ ދީފައިވާނީ ލިބިދާނެ ބޮޑު ގެއްލުކަމުން ގައުމު ސަލާމަތްކޮށް ފައިދާވާނެ ގޮތަށްކަމަށެވެ.

އަމީރު ވިދާޅުވީ، އެކަން ޔަގީންވެވަޑައިގަންނަވާކަމަށާއި އެހެންކަމުން އާސީސީގެ ރައީސްއާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރުން ހުއްޓާލުމަށް ގޮވާލާކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންކަމުގައި އެކި އިދާރާތަކަށް ގެންގޮސް ބިރުދައްކަން އުޅުނަސް ކާމިޔާބު ނުވާނެކަމަށެވެ.

އަމީރު ވިދާޅުވީ، ބޯ ގުދުކުރަނީ ހަމައެކަނި ހެއްދެވި ފަރާތަށްކަމަށެވެ. އެހެންކަމުން ހުދުމުހުތާރު ވެރިއެއްގެ ކުރިމަތީގައި ބޯނުލަނބާނަންކަމަށާއި އަޅާނެ ފިޔަވަޅެއް އަޅަންވީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: