ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯނު އަތުލުމާ ގުޅޭ ޚާއްޞަ ޤާނޫނެއް ވުޖޫދަށް ގެންނަން ޖެހިއްޖެ: ރޮޒައިނާ

މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުންގެ ފޯނާމެދު ޢަމަލުކުރެވޭނެ ހާލަތްތައް ބަޔާންކުރާ ޚާއްޞަ ޤާނޫނެއް ވުޖޫދަށް ގެންނަން ޖެހިފައިވާ ކަމަށާއި، ސިޔާސީ ޕޯސްޓެއްގެ މައްސަލައިގައި ފޯނު އަތުލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ފޯނެއް ފުލުހުން އަތުލުމަށްފަހު އެ ފޯނުން ނެގި ފޮޓޯއެއް އާންމުވެގެން ދިއުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވަމުން ރޮޒައިނާ ވިދާޅުވެފައިވަނީ، ”އާންމު ރައްޔިތެއްގެ ފޯނާމެދު ޢަމަލުކުރެވޭނެ ހާލަތްތަކާއި ގޮތްތައް ބަޔާންކުރާ ޚާއްޞަ ޤާނޫނެއްގެ ބޭނުން މިހާރު ޖެހިފައިވާ“ ކަމަށެވެ.

ރޮޒައިނާ ފާހަގަކުރެއްވި ގޮތުގައި، ޓެރަރިޒަމް ފަދަ މައްސަލަތަކުގައި ފޯނު އަތުލަން ޖެހޭ ހާލަތްތައް ދިމާވާއިރު، ސިޔާސީ ބޭނުންތަކަށް ފޯނު އަތުލަން ފެށުމުން އެކަމުގެ މުހިންމުކަން ގެއްލިގެންދާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ފޯނު ވެރިފަރާތުގެ އަމިއްލަ މަޢުލޫމާތު އާންމުވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއިން ބަލައިގަނެފައިވާ އ.ދ.ގެ މުޢާހަދާތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، ބަލަމުންދާ މައްސަލައަކާ ގުޅުމެއް ނެތް މީހެއްގެ އަމިއްލަ މަޢުލޫމާތުގެ މައްޗަށް ފުލުހުންނަށް އެއްވެސް ހައްޤެއް ލިބިގެން ނުވެއެވެ. އަދި ސްމާޓް ފޯނެއްގައި މީހެއްގެ މުޅި ހަޔާތުގެ މަޢުލޫމާތު ހުންނައިރު، އެފަދަ މަޢުލޫމާތުތަކާއެކު ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރޮޒައިނާ ގޮވާލާފައިވަނީ، ކޯޓުތަކުން ފޯނު އަތުލައި ބޭނުންކުރެވޭނެ ގޮތްތަކާއި ހާލަތްތައް ތަފްޞީލުކޮށް ބަޔާންކޮށްދިނުމަށެވެ. އަދި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވި، ދަޢުވާ ކުރުމަށް ކަނޑައެޅިގެން ނުދާ ހިނދު، ޚާއްޞަކޮށް ސިޔާސީ ގޮތުން ކުރެވޭ ސޯޝަލް މީޑިއާ ޕޯސްޓެއްގެ މައްސަލައިގައި ފޯނު އަތުލައިގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: