ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީ ހިންގި ދެ މައްސަލައާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި ދެ މައްސަލައާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގި މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.

ފުރަތަމަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އާއި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 6:10 އެހައިކަށްހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުންނަ ފޯސްޓު އޮފީސް ކައިރީގައި ހުރި މީހަކަށް ސައިކަލެއްގައި ގޮސް މާރާމާރީ ހިންގި މައްސަލައާ ގުޅިގެންނެވެ.

ދެވަނަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ 8:30 އެހައިކަށްހާއިރު މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެންނެވެ.

ފުރަތަމަ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ދެވަނަ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލައިގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. އަދި މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: