ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް އެސެސަރުންގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ފިޔަވަޅެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ވަނީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ނެޝަނަލް އެސެސަރުންނަށް، އެސެސަރުކަން އަންގައިދޭ ކާޑު ޙަވާލުކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާއަށް އެޅުނު އިތުރު ހަރުދަނާ ފިޔަވަޅެކެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު އަޙުމަދު ވަނީ ނެޝަނަލް އެސެސަރުންގެ މުހިންމުކަމާއި އެ ފަރާތްތަކުގެ ޒިންމާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ މިންގަނޑަށް ދަރިވަރުންނަށް ތަޢުލީމާއި ހުނަރު ހާސިލުވެފައިވާ މިންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަޖިސްޓަރީކޮށްފައިވާ ނެޝަނަލް އެސެސަރުންނެވެ. މިހާތަނަށް އެމް.އެން.އެސް.ޑީ.އޭގައި 234 ނެޝަނަލް އެސެސަރުން ވަނީ ރަޖިސްޓަރީ ކުރެވިފައެވެ.

އެސެސަރުންގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި އައު ޓްރެއިނިންގ މެނުއަލްއެއް ތައްޔާރުކުރެވި، 29 ޓްރެއިނިންގ އޮފް ޓްރެއިނާރސް ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން، މި އަހަރު ތެރޭގައި 20 އައު ނެޝަނަލް އެސެސަރުން ވަނީ ތަމްރީނު ކުރެވިފައެވެ.

ނެޝަނަލް އެސެސަރުންނަކީ އިތުބާރުހިފޭ، ޕްރޮފެޝަނަލް އަދި ނަޒާހަތްތެރި ބަޔަކަށް ވާންޖެހެއެވެ. އެސެސްމަންޓް މާހައުލުގައި ހަމަހަމަކަމާއެކު މަސައްކަތްކުރުމަކީ އެސެސަރުންގެ އަސާސީ ޒިންމާއެކެވެ. ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ހިންގުމުގެ ހުއްދަ ދެވޭނީ ހަމައެކަނި އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް އެސެސަރ ކާޑު ދޫކޮށްފައިވާ ފަރާތްތަކަށެވެ.

ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ފަންނީ މަސައްކަތްތެރިންގެ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާޤު ވަޒަންކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. މި އެސެސްމަންޓްތަކުގެ އަސާސީ މަޤްޞަދަކީ ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރުމުގެ ޤާބިލުކަން ހުރިކަން ކަށަވަރުކުރުމެވެ.

އެމް.އެން.އެސް.ޑީ.އޭ އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެސެސަރުން ތަމްރީނުކުރުމަށް ރާވާފައެވެ. އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް މުރާޖަޢާކޮށް، އެސެސަރުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: