ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ތިބީ އަންހެން ކުދިންނަށް ހުރަހެއްނެތް މުޖުތަމައެއް ބިނާކުރުމުގެ އަޒުމުގައި: ސީޕީ ނަވީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާ އޮތީ އަންހެނަށް ހުރަހެއް ނެތި ހުވަފެންތައް ހާސިލުކުރެވޭފަދަ މުޖުތަމައެއް ބިނާކުރުމުގެ އަޒުމުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސީޕީ ނަވީން ނެރުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މި ދުވަހަކީ ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ގާބިލުކަމާއި، އެކުދިންގެ ހިތްވަރާއި، ކުރިމަގަށް އެކުދިން ކުރަމުންދާ އުންމީދުތަކުގެ ހަނދާން އައުކޮށްދޭ ދުވަހެއް ކަމަށެވެ.

”ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތްކުރަމުންދާނީ އަދި ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި، އިހުތިރާމް އަދި ބިރުވެރިކަމެއް ނުވަތަ ހުރަހެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައި،“ ސީޕީ ނަވީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސީޕީ ނަވީން ފާހަގަކުރެއްވި ގޮތުގައި އަންހެން ކުދިންގެ ހައްގުތަކާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ހަމައެކަނި ޒިންމާއެއް ނޫނެވެ. އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ސީޕީ ނަވީން އިލްތިމާސް ކުރެއްވީ، ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި އިތުބާރާއި، ހަމަހަމަ ފުރުސަތުތައް ލިބި އަދި އިހުތިރާމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: