ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރައްސާރަކޮށްގެން ސިޔާސީ ދާއިރާއިން އަންހެނުން ފަހަތަކަށް ނުޖެއްސޭނެ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރައްސާރަކޮށްގެން ސިޔާސީ ދާއިރާއިން އަންހެނުން ފަހަތަށް ނުޖެއްސޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފޯނު ހިފެހެއްޓި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމުކުރިކަމަށް ބުނެ ފުލުހުންގެ މައްޗަށް ވަނީ އެކަމުގެ ތުހުމަަތުކުރެވިފައެވެ. ނަމަވެސް މި ތުހުމަތުތައް ފުލުހުން ދޮގު ކުރެއެވެ.

އެ މައްސަލައިގައި ފައްޔާޒް ވިދާޅުވީ، ފޮޓޯއެއް އާންމުކުރުމަކީ ހިންގި ހުތުރު އަމަލެއްކަމަށާއި އެކަމުގެ ލައްގަނޑު މުޅި ސަރުކާރުގައި ޖެހިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، މި އަމަލު މެދުވެރިކޮށް ޒުވާން އަންހެން އެކްޓިވިސްޓަށް ދިނުމަށް ބޭނުންވި މެސެޖަކީ ކޮބައިކަން އަމަލު ހިންގި މީހުންނަށް ވަރަށް ސާފުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ޒަމާނުއްސުރެވެސް ފުރައްސާރަތަކާއި ކުރިމަތިލާންޖެހިފައިވާކަމަށާއި އެކި ބިރުތައް ކުރިމަތިވެގެންދިޔަކަމަށެވެ. ނަމަވެސް އެފަދަ އަމަލުތަކުން ބޭނުންވާ ނަތީޖާ ނުކުންނާނެކަމަށް ދެކުން ގޯސްކަމަށެވެ.

ފައްޔާޒް ވިދާޅުވީ، މިހާރު ފެނިގެންދަނީ އިދިކޮޅަށް އުފުލާ އަޑުތައް ކަނޑުވާލުމަށްޓަކައި މުޅި ދައުލަތުގެ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރުކަމަށެވެ. އަދި ގާނޫނީގޮތުން ލިބިދީފައިވާ ރައްކައުތެރިކަން ގެއްލެމުންދާއިރު އިދިިކޮޅު ނައްތާލުމަށްޓަކައި މަސައްކަތްކުރާ މީހެއްގެ ވިސްނުމަށް ހުރިހާ މުއައްސަސާތަކަކުން ތަބާވެ ތިބި މަންޒަރު ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: