ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ”ހުޅުމީދޫ ކައުންސިލް“ އުފެއްދުމުގެ ސުވާލު އުނިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ހުޅުދޫ، މީދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް އޮތް ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށް އެއް ކައުންސިލް ”ހުޅުމީދޫ ކައުންސިލް“ އުފައްދަން ފެނޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ވޯޓު ނެގުމުގައި ހިމެނި ސުވާލު އުނި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކަ ނަގާ ވޯޓުގައި ހިމަނާފައިވާ ސުވާލުތައް އިސްލާހުކޮށްފައިވާކަމަށެވެ.

ކައުންސިލާއި ގުޅޭގޮތުން ނެރުނު ގަރާރަށް ގެނައި އިސްލާހުގައި، އުނި ކުރުމަށް ނިންމާފައި ވަނީ 1 ސުވާލެވެ. އެއީ ހުޅުދޫ، މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ފެނޭތޯ އިއުލާނު ކުރި ސުވާލެވެ. އެހެންކަމުން ދެން ފޭދޫއާއި އެއްގޮތަށް ހުޅުދޫ، މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ ވަކި ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އިއުލާނު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މި ނިންމުމުގެ ދަށުން އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަނީ ނިންމަވާފައެވެ. އަދި ކުރިން އިއުލާނު ކުރި ގޮތަށް ”ހުޅުމީދޫ“ ކައުންސިލް އުފެއްދުމުގެ ސުވާލު، ދެން ވޯޓު ކަރުދާހުގައި ނޯންނާނެ އެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ފޮށި ބަހައްޓާނީ ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ. އަދި މި ރަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ފޭދޫގައި 05 ވޯޓު ފޮށި، ހުޅުދޫއާއި މީދޫގައި 03 ވޯޓު ފޮށި ބަހައްޓާނެ އެވެ.

މާލޭގެ ސަރަހައްދުގައި ދިރިއުޅޭ މި ރަށްތަކަށް ނިސްބަތްވާ މީހުން ވޯޓުލުމަށް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 7 ފޮށި އެވެ. އެއީ ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫއަށް 3 ފޮށި އަދި މީދޫއަށް 1 ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބަށް މިހާރު ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން ދަނީ ވަމުންނެވެ.

އެގޮތުން ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މި ވޯޓުގައި ސަރުކާރުން ވަކި ސްޓޭންޑެއް ނުގެންގުޅޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: