ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން އައްޔަނު ކުރާ މެމްބަރުންގެ ގޮތުގައި މީޑިއާ ކޮމިޝަނަށް 10 މެމްބަރަކު ކުތިމަތިލި!

މީޑިއާ ކޮމިޝަނަށް ކުރިމަތިލީ ބައެއް މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނު ކުރާ ތިން މެމްބަރުންނަށް ހުޅުވާލުމުން ކުރިމަތިލީ ބޭފުޅުންގެ ނަންތައް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނު ކުރާ މެމްބަރުންގެ މަގާމަށް، ހުށަހަޅާފައި ވަނީ 10 ބޭފުޅުންނެވެ. އޭގެ ތެރޭގައި މިހާރު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ބައެއް މެމްބަރުންނާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅުން ހިމެނެ އެވެ.

މީޑިއާ ކޮމިޝަނަށް ކުތިމަތިލީ މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  1. އެމްއެމްސީގެ ކުރީގެ މެމްބަރު، ގދ. މަޑަވެލި/ ސީނަރީ، ފާތިމަތު ފަހުމީ
  2. އެމްއެމްސީގެ ކުރީގެ ސެކޭޓްރީ ޖެނެރަލް، ހ. ޓޫހާޓްސް، މުހައްމަދު ފަރުޝަތު
  3. ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ދ. މީދޫ/ ބިއްލޫރިވިލާ، ސޮފާ ޝަފީގު
  4. ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ގ. ގޮފި، އާމިނަތު ސަހާރަތު އިއްޒަތު
  5. އެމްއެމްސީގެ ކުރީގެ ނައިބު ރައީސް، ގ. ވިންޑް، އިބްރާހިމް މުހައްމަދު
  6. ބްރޯޑްކޮމްގެ ކުރީގެ މެމްބަރު މ. ހާވިލާ، މޫސާ ރިޟްވާން
  7. އއ. ތޮއްޑޫ، ފިނިވާގެ، މުހައްމަދު ޝާމިން
  8. ހ. ސޯސަން، ފާރިސް ތޯހާ
  9. ދަފްތަރު ނަމްބަރު 8580، ޝެހެނާޒް އަދުނާން
  10. ފ. ނިލަންދޫ/، ބީޗް ސައިޑް، ޝަފީގާ ނައީމް

 

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަށް ބާކީ ތިބި، ތިން މެމްބަރުން ހޮވާނީ މީޑިއާތަކުގެ ވޯޓުންނެވެ. މީޑިއާތަކުގެ ފަރާތުން ކުރިމަތިލީ ބޭފުޅުންތައް ވޯޓަކާއި ނުލައި ކޮމިޝަނަށް ވަނީ ހޮވިފަ އެވެ.

އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އާއި ވަގުތު ނޫހުގެ ސިމާހާ ނަސީމްގެ އިތުރުން އަބްދުލްއަޒީޒް އިބްރާހީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: