ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ބޯޑު ޖަހައި ވެރިކަމަށް އައިސް، އެމްޑީޕީ ވަނީ ގައުމު ލޫޓުވާލާފައި: ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ބޯޑު އަޅުވައިގެން ވެރިކަމަށް އައުމަށް ފަހު އެމްޑީޕީއަށް ކުރެވުނުހާ ވެސް ކަމަކީ، ގައުމު ލޫޓުވާލައި އިންތިހާއަށް ބޮޑެތި ވައްކަން ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޮރަޕްޝަނުގެ ހިޔާނާތް ހާމަވެގެން އައި އޮޑިޓު ރިޕޯޓާއި އެކު، މަޖިލީހުގައި އެ މައްސަލައިގެ ބަހުސްތައް ދަނީ ކުރިޔަށެވެ. ސަރުކާރުގެ މެމްބަރުން އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިދިކޮޅުން ތުހުމަތު ކުރަނީ މި ސަރުކާރުގެ އެތެރޭގައި ވެސް ހިޔާނާތް ހިނގާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުވައްސަސާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

މި މައްސަލައިގެ ބަހުސްގައި ޒަރީރު ވިދާޅުވީ، ހުރިހާ ވެސް ގޯހަކީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކުރުން ކަމަށެވެ. 700 އެތައް ޕްރޮޖެކްޓެއް ބޭނުން ބަޔަކަށް ދޫކުރުމުގެ ނަތީޖައަކީ، އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބުންކަމަށް ޒަރީރު ވިދަޅުވި އެވެ.

ޒަރީރު ވިދާޅުވީ ކުންފުނިތަކުގައި ހިނގަމުންދާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކަކީ ހަމައެކަނި މެނޭޖިން ޑިރެކްޓަރުން ނުވަތަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި އެކަނި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. ޒަރީރު ވިދާޅުވީ މިއީ ”ޗެއިން އޮފް އިންވެސްޓްމެންޓް“ ގެ ދަށުން ގުޅިލާމެހިގެން އެންމެން ގުޅިގެން ކުރާކަންތައްތަކެއް ކަމަށާއި، މިފަދަ ކޮރަޕްޝަން ނައްތާލުމަށްޓަކައި މުޅި ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށެވެ.

ކޮރަޕްޝަނުގެ އެތައް ތުހުމަތެއް އެމްޑީޕީގެ ވެރިކަމުގައި ކުރެވުމުން، އެއަށް ދިނީ ބީރު ކަންފަތެއްކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެވާހަކަތައް ދެއްކި މެމްބަރުން ޕާޓީގެ ތެރެއިން ބާކީކޮށްލި ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ ތާރީހުގައި ވެސް ކުންފުންޏެއްގެ ތެރޭގައި ހިނގައިދިޔަ އެންމެ ބޮޑު ވައްކަން ބަލައި، ސަރުކާރަށް އެއްވެސް ފިޔަވަޅެއް ނޭޅުނުކަމަށް މެމްބަރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކުންފުނީގެ، ތިޖޫރީ އެކިފަހަރު މަތީން ގެއްލުނު ކަމަށެވެ. ތަނުގެ ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލުނު އިރު، އޭރު އެ މައްސަލަތައް ނުބެލުމުން ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމަށް އައީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނުގެ ނަމުގައި، އެ ބޯޑު ބޭނުންކޮށްގެން ނަމަވެސް ބަލައި ފިޔަވަޅު އެޅުނު އެއްވެސް މައްސަލައެއް ނެތި ތިބީ އެ އަމަލުތަކަށް ހިތްވަރުދީގެންކަމަށް ޒަރީރު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ވައްކަން.. މި މައްސަލަ އެއްވެސް މިންވަރަކަށް ބެލިފައެއް ނެތް.. މި ހަގީގަތް އެބަ ޖެހޭ ގަބޫލު ކުރަން.. އެންމެ ބޮޑު ޔޫޓިލިޓީ ކުންފުނީގެ ތިޖޫރީ ވަގަށް ނަގައިގެން، ވައްކަން ކުރީމާ އެ މައްސަލައެއް ނުބެލުނު.. ޒީރޯ ޓޮލަރެންސް ބޯޑު އަޅުވައިގެން އައިސް ތިބެ މިއޮތީ ގައުމު ދަވާލާފައި..

ޒަރީރު ވިދާޅުވީ އެމްޑީޕީ މިއަދު މި ސަރުކާރަށް ވަގަށް ގޮވާއިރު، ކުންފުނިތައް އެތައް މިލިއަނަކުން ދަރަނިވެރި ކުރުވީ އެމްޑީޕީ ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދިނުމަށް ފަހު، އެއީ އިންސާފު ގާއިމު ކުރުންކަމަށް އެމްޑީޕީ ދެކުނުކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ މިއީ އިންސާފެއް ނޫންކަމަށާއި، ގެއްލުމުގެ ބަދަލު ދީފައި ވަނީ އަމިއްލަ މަންފާ ނެގުމުގެ ބޭނުމުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: