ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ތަހުގީގެއް ހިންގަނީ ނުފޫޒެއްގެ މަތިން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަހުގީގަކީ އެއްވެސް އަސާސެއް ނެތި، ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުން ކުރިއަށްގެންދާ ތަހުގީގެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭސީސީއަށް ހާޒިރުވުމަށް އެންގުމާއިއެކު އެ މުއައްސަސާއަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެ މުއައްސަސާއިން ތަހުގީގުތަކެއް ކުރަމުންދަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ނަގައިގެންކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިއުންތައްވެސް ހަމަކުރެވިފައިނުވާކަމަށާއި މިއީ ވަކި މީހަކު އަންގައިގެން ކުރާ ތަހުގީގެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.

ޗެއަރޕާސަން ވިދާޅުވީ، އޭސީސީގެ ފަރާތުން ބައްދަލުކުރެއްވި ބޭފުޅުން ތިއްބެވި ގޮތުންނާއި ވާހަކައިންވެސް ލަދުގަނެފައި ތިއްބެވިކަން އެނިގެންދިޔަކަަމަށެވެ. އަދި މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއްކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށާއި އޭސީސީން ދެއްކި ވާހަކަތަކުގެ ފަހަތުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ސިޔާސީ ގޮތުން މައްސަލައެއް ބަލަން ފަށާފައިވަނީ އެމްޑީޕީން ބިރުގަނެ ފަހަތަށް ޖެހިދާނެކަމަށް ބަލައިގެންކަމަށެވެ. އަދި އެގޮތަށް ދެކޭ ސަބަބަކީ ޕީއެންސީން އެޕާޓީގެ މަސައްކަތްތަކާއިމެދު ބިރުގަންނާތީކަމަށާއި އެމްޑީޕީގެ ދައުރުގައި އެ ޕާޓީގެ އިސްވެރިން މަޑުމަޑުން ފިލައިގެން ތިބުމުން އެކަން ސާފުވެގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދުވަސްވަރު މަގުމަތީގެ ހަރަކާތްތައް އަދި އިދިކޮޅުގެ ޒިންމާތައް އަދާނުކުރާތީ އަމިއްލަ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާވެސް އެޕާޓީގެ މައްޗަށް އެޅިގެންދިޔަކަމަށެވެ. އެހެންކަމުން އެމްޑީޕީން ފަހަތަށާް ޖެހޭނެކަމަށް ދެކެނީ އެޕާޓީގެ އަމިއްލަ ހާލަތަށް ރިއާޔަތްކޮށްގެންކަމަށާއި ނަމަވެސް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މެމްބަރުން ޖަލަށް ލިނަމަވެސް އާންމު މެމްބަރުންނާއި ރައްޔިތުން މި ވެރިކަން ބަލިކުރަން ތިބޭނެކަމަށެވެ.

ފައްޔާޒްވަނީ އެ ޕާޓީން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަގުމަތީގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް މާލެއަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: