ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ކަނޑިތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކަނޑިތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

ށ. ކަނޑިތީމު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތަފްސީލު

ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

ކޮންޓްރެކްޓް އަގު:  84,129,493.05 ރުފިޔާ ( އަށްޑިހަ ހަތަރު މިލިއަން، ސަތޭކަ ނަވާވީސް ހާސް، ހަތަރުސަތޭކަ ނުވަދިޔަ ތިން ރުފިޔާ)

ކޮންޓްރެކްޓްގެ މުއްދަތު: 380 ދުވަސް

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބަނދަރު އަދި ނެރު ފުންކުރުން
  • 212 މީޓަރުގެ އެލް-ބްލޮކްސް އެއްގަމުތޮށި ޖެހުން
  • 544 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 67 މީޓަރުގެ ސަބްމާރޖް ބްރޭކްވޯޓަރ ޖެހުން
  • 342 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން
  • 150 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން
  • 14 މޫރިންގ ބޮއި ހަރުކުރުން
  • 19 މަގު ބައްތި ހަރުކުރުން
  • 2 ނެވިގޭޝަން ލައިޓު ހަރުކުރުން
  • 1331 އަކަމީޓަރުގެ ޕޭވްމަންޓް އެޅުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: