ށ. ކަނޑިތީމު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
ށ. ކަނޑިތީމު މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ތަފްސީލު:
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ކޮންޓްރެކްޓް އަގު: 82,528,282.08 ރުފިޔާ (އަށްޑިހަ ދެ މިލިއަން ފައްސަތޭކަ އަށާވީސް ހާސް ދުއިސައްތަ އަށްޑިހަ ދެ ރުފިޔާ)
ކޮންޓްރެކްޓްގެ މުއްދަތު: 730 ދުވަސް

