ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރާނީ ހުރިހާ ފީއެއް ދެއްކުމުން!

ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާތިލު ކުރެވޭ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދެއްކުމަށް ފަހުކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިކަން ހާމަކުރީ، ވޯކް ޕާމިޓު ބާތިލުކުރުމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނައީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މިހާރު ވޯކް ޕާމިޓްއާއި ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ މި އިންތިޒާމުގެ ދަށުން، ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލު ކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ފާހަގަކުރީ މިއީ ވަޒީފާދޭ ފަރާތްތަކުން ކުރިމަތިލާންޖެހޭ ބައެއް އިދާރީ ހުރަސްތަކަށް ލުއި ދިނުމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގަ އެވެ.

ނަމަވެސް، މި ގޮތުގެ މަތިން ބާތިލުކުރެވޭ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސް ކުރުމުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ބުނެފައި ވަނީ މީގެ ބޭނުމަކީ، ފީތައް ފަހުން ދެއްކުމުގެ ފުރުސަތު ދިންނަމަވެސް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ވަކި ހަމައެއްގެ މަތިން ހޯދުން ކަމަށެވެ.

ދާދިފަހުން މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައި އިއުލާނުކޮށްފަ އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި 27،000 އަށް ވުރެ ގިނަ ބިދޭސީން ބަޔޯމެޓްރިކް ޑޭޓާ ފުރިހަމަކޮށްފައި ނުވެެ އެެވެ. އެހެންކަމުން ”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެކަން ފުރިހަމަ ކުރުމަށް ވަނީ ބުނެފަ އެވެ.

މައްސަލައިގައި މިނިސްޓްރީން ބުނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ، ބިދޭސީންނާއި ވަޒީފާދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: