ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޕީއެލުން އިންޓާންޝިޕް ޕްރޮގްރާމެއްގެ އޮރިއެންޓޭޝަނުގެ ތެރެއިން-- ފޮޓޯ/ އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި މި އަހަރު 7 ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ:

1 – މާކެޓިންގ އެންޑް ޕީ.އާރް
2 – އެޑްމިން
3 – ފައިނޭންސް
4 – ޕްރޮކިއުމަންޓް
5 – އިންފޮމޭޝަން ޓެކްނޮލޮޖީ
6 – އިންޖިނިއަރިންގ

އެމްޕީއެލްއިން ބުނީ އުމުރުން ގްރޭޑް 10 ގެ ތައުލީމު ފުރިހަމަކޮށްފައިވާ، 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ފޯމު އޮކްޓޯބަރ 25 ގެ ރޭގަނޑު 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/HkhUZ77Lmev4kGfU8 ލިންކް މެދުވެރިކޮށް ހުށަހަޅާ ފޯމާއި އެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އާއި އެ ކުއްޖެއްގެ ސީވީ އަދި ސްކޫލް ލީވިންގ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ އެވެ.

މީގެއިތުރުން ޕްރޮގްރާމުގައި ބައިވެރިވުމުގައި އެއްވެސް އިއުތިރާޟެއް ނެތްކަމަށް، ބަޔާންކުރާ ބެލެނިވެރިޔާގެ ލިއުން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އެމްޕީއެލްއިން ބުނީ ޕްރޮގްރާމްގެ އިތުރު މައުލޫމާތުތައް، ކުންފުނީގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ ldd@port.mv  އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް، ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. އަދި މިހާތަނަށް 30 އަށް ވުރެ ގިނަ ކުދިން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ”މެންޓަރ“ ގެ ގޮތުގައި މި ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުން އެޓޭޗް ކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގައި މި މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: