ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރީ ޓްރޭޑް އެއްބަސްވުމާއިމެދު ކުރި ސުވާލަށް ސައީދު ޖަވާބެއް ނުދޭ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދާ ކުރެއްވި ސުވާލަށް ގިނަ ދުވަސްތަކެއް ވުމަށްފަހު ޖަވާބު ދެއްވިއިރު، ދެއްކެވީ ގުޅުން ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅިފައިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އިންސާނެއްގެ އެންމެ މުހިންމު ގުނަވަނަކީ ސިކުނޑި ކަމަށާއި، ހެއްދެވި ފަރާތުން ދެއްވި އެންމެ ބޮޑު އެއް ނިޢުމަތުގެ ގޮތުގައިވެސް އިންސާނާގެ ސިކުނޑިއާއި ބުއްދި ބަލައިގަންނަ ކަމަށެވެ.

މީކާއިލް ފާހަގަކުރެއްވި ގޮތުގައި، ވަޒީރު ސައީދާ ކުރެއްވި ސުވާލަކީ ”ޔޫކޭ މޯލްޑިވްސް ޓޯކްސްގައި ފްރީ ޓްރޭޑް އެއްބަސްވުމުގެ އެއްވެސް ވާހަކައެއް ހިމަނާފައިނުވަނީ އެއްބަސްވުމެއް ޤާއިމުކުރުމުގެ ވިސްނުން ނެތުމުންތޯ ނުވަތަ އޮތުމުންތޯ“ އެވެ. ނަމަވެސް ވަޒީރު މި ސުވާލަށް ޖަވާބު ނުދެއްވާ ކަމަށާއި، ޖަވާބު ދެއްވިކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށް މީކާއިލް ވިދާޅުވިއެވެ.

”މަޖިލީހުން ވަޒީރަކާ ޖޫން މަހުގައި ސުވާލެއް ކުރުމުން އޮކްޓޫބަރު މަހުގެ މެދުތެރޭގައި މަޖިލީހަށް ވަޑައިގެން ކުރި ސުވާލަށް ޖަވާބު ނުދެއްވާ މުޅިން އެހެން ވާހަކަތަކެއް ދެއްކެވިއިރުވެސް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން އެކަމަށް އަތް ޖެއްސެވި،“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ދެއްވާފައިވާ ސިކުނޑިއާއި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފެމުންދާކަމާމެދު ސުވާލު އުފެދޭ ކަމަށާއި، ބިލުގެ އޮނިގަނޑުގެ ތެރެއިން އެންމެ ފުރަތަމަ ހަދަންޖެހެނީ މަޖިލީހުގެ މެންބަރުންގެ ސިކުނޑީގެ ޓްރާންސްޕްލާންޓެއް ނޫންތޯވެސް ހިތަށް އަރާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: