ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮޖެކްޓުތައް ކުރިޔަށް ނުދާ މައްސަލައަށް، ހައްލު ހޯދައި މަސައްކަތްތައް ދަނީ ފެށެމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ށ. ފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަކީ ސަރުކާރުން އަބަދުވެސް ގެންގުޅޭ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޮންމެ ރަށެއްގައި ވެސް ރައީސް ފާހަގަކުރައްވާފައި ވަނީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނު ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް ކުރަމުން ގެންދާ މަސައްކަތެވެ. އަދި ބައެއް ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް އެކި ސަބަބުތަކާއި ހުރެ ހުއްޓިފައި ހުރުމުގެ ސަބަބުން، އެ މަޝްރޫއުތައް ކުރިޔަށް ދާނެ މަގު ހޯދާފައިވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިޔަށް ނުގޮސް އޮތް އެންމެ ބޮޑު ސަބަބަކީ، ކުންފުނިތަކަށް ފައިސާ ދޫކޮށްފައި ހުރެމެ އެ ކުންފުނިތަކުން ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންދިއުމެވެ. އެހެންކަމުން އެ ކުންފުނިތަކާއި އިތުރަށް ވާހަކަ ދައްކައިގެން ވެސް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަން އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް ފާހަގަވާނަމަ އެބައެއްގެ އަތުން މަޝްރޫއު ނަގައި އެއްބަސްވުން ބާތިލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

ފޭދޫގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމާއި ރަށުގައި ކުރިޔަށް ގެންދާނެ މަސައްކަތްތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން ފޭދޫގެ ރައްޔިތުންގެ ކަންބޮޑުވުމާއި ގުޅިގައިވާ ތައުލީމީ ދާއިރާގެ މަޝްރޫއު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރަށުގައި މިވަގުތު ކުރަން ހުރި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، އެކަން ކުރިއަށްގެންދަވާނެ އެވެ.

ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދެ އަހަރުވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތް ކުރީ ރައީސް ވިދާޅުވި ގޮތުގައި ކުރިން ހެދިފައި އޮތް އެއްބަސްވުމުގެ ތެރެއިން މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދުމަށެވެ. އެހެން ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ގަބޫލުކުރައްވާ ގޮތް ނޫންކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މި މަސައްކަތް ފައްޓަވައި، ހާއްސަ އިސްކަމެއް ދީގެން، ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސް، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެއިތުރުން ރަށުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކުގެ ތަފްސީލުތައް ރައީސް ދެއްވި އެވެ. އެގޮތުން ރައްޔިތުންގެ އެދޭގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވާކަމަށެވެ. އެހެންކަމުން ދެން ބާރު ސްޕީޑުގައި މަސައްކަތް ނުހުއްޓި ކުރިޔަށް ދާނެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ފޭދޫގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރަށުގެ ސިއްހީ މަރުކަޒުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: