ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ފީވަކަށް ކުރެއްވި ދަތުރުފުޅު: ރައްޔިތުންގެ އެދުންތަކަށް އިޖާބަދެއްވައި ތަރައްގީގެ އައު އުންމީދެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ފީވަކަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ފީވަކު ކައުންސިލް އިދާރާގައެވެ.

ބަނދަރާއި ވަސީލަތްތައް ތަރައްޤީކުރުން

ބައްދަލުވުމުގައި ކައުންސިލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރަށުގެ ބަނދަރުގެ ތަރައްޤީއަށެވެ. މީގެ ތެރޭގައި ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހަމައެހެންމެ، ބަނދަރުގައި ޤާއިމްކުރެވިފައިވާ ޓާރމިނަލްގައި އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އެދިވަޑައިގެންފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢު

ރަށުގެ ޗަކަބިން ސަރަހައްދުން ދޫކޮށްފައިވާ ބިންތައް ހިއްކުމުގެ މައްސަލައަކީވެސް ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަމެކެވެ. މި ސަރަހައްދުތަކަށް ފަސްއަޅައި ހިއްކުމަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.

ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން

ރަށުގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހުއްޓިފައިވާ މައްސަލައަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އަދި ޞިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، އަތޮޅު ހޮސްޕިޓަލުން ގެންނަންޖެހޭ ވެކްސިންތައް އާރު.ޓީ.އެލް ފެރީ މެދުވެރިކޮށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޞިއްޙީ މަރުކަޒުން ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިޖާބަ

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމެއް ރަނގަޅަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުގެ އިސްވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ފީވަކު ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް ސީދާ ސަރުކާރުގެ އެންމެ އިސްފަރާތާ ހިއްސާކުރުމުގެ މުހިންމު ފުރުސަތެއް ކަމުގައި ވެގެން ދިޔައެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްގެ ގޮތުގައި މި ބައްދަލުވުން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: