ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާގެ އާ ކޯޑްލެސް ޕޮލިޝަރ ސްކްރަބަރ ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ. މި އުފެއްދުމަކީ އާންމު ދިރިއުޅުމުގައި ގޭތެރެ ސާފުކުރުމުން ފެށިގެން އިންޑަސްޓްރިއަލް ފެންވަރުގައިވެސް ބޭނުންކުރެވޭނެ، ގިނަ ބޭނުންތަކެއް ކުރެވޭނެ އުފެއްދުމެކެވެ.
މި ޕޮލިޝަރ ސްކްރަބަރގެ އެންމެ ހާއްސަ ސިފައަކީ ބަދިގޭ ތަޅުންގަނޑުތަކުން ފެށިގެން ކޮންކްރީޓް ތަޅުންގަނޑުތަކާއި ރެސިން ވެކްސް ތަޅުންގަނޑުތައް އޮމާންކޮށް ސާފުކޮށް ޕޮލިޝްކުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މި އުފެއްދުމުގައި އެކި ކަހަލަ ސާފޭސްތަކަށް އަދި އެކި ބޭނުންތަކަށް އެކަށީގެންވާ ބްރަޝް ޕެޑްތަކާއި ބުރުސް ކުނޑިތައް ހިމެނިފައިވެއެވެ.
މި އުފެއްދުމުގެ ޓެކްނިކަލް ސިފަތަކަށް ބަލާއިރު، ފަސޭހައިން އަދި އަވަހަށް ޗާޖްކުރެވޭ ބެޓެރީއެއް ހަރުކުރެވިފައިވާއިރު، ބޭނުންކުރާ ސަރަހައްދާއި ކުރާ މަސައްކަތާ އެކަށީގެންވާ ގޮތަށް ބްރަޝް ޕެޑް އަދި ބްރަޝް ބްރިސަލްގެ ސްޕީޑް އެޖަސްޓްކުރެވޭނެއެވެ. އަދި އަރިމަތީގައި ހަރުކުރެވިފައިވާ އެލްއީޑީތަކުން ސާފުކުރާ ސަރަހައްދު ރަނގަޅަށް އަލިކޮށްދެއެވެ.
މި އުފެއްދުމުގެ އިތުރު ހާއްސަ ސިފައެއްގެ ގޮތުގައި، ޕޯލްގެ ދިގުމިން 1081 މިލިމީޓަރުން 1435 މިލިމީޓަރަށް ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވުން ފާހަގަކުރެވެއެވެ. މިއީ އެކި އުސްމިނުގައި ހުންނަ ސަރަހައްދުތައް ސާފުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ ކަމެކެވެ.
އެސްޓީއޯއިން މި އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރުމާއެކު، ދިވެހިންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެސްޓީއޯއަކީ މަކިޓާގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމުގެ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތެވެ.

