ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ގެއްލުނު މައްސަލައިގައި ބަޔަކު ހައްޔަރަށް، މަޝްހޫރު ދެ ވިޔަފާރިވެރިން ހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މުވައްސަސާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 26 ގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓްރަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 9 ވަނަ ދުވަހު އެ މުވައްސަސާއަށް ހުށައަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކޮށް، އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިޔަކާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އަދި އިތުރު މީހަކު ހިމެނެ އެވެ.

މި މައްސަލަ އާއި ގުޅިގެން ރޭގައި އޮޕަރޭޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މިންވަރަކުން އިތުރު މައުލޫމާތުތައް އާންމުކުރަމުން ގެންދާނެ ކަމަށެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައެވެ. ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: