ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިޤްތިޞާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށާއި، އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސްގެ ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ށ. އަތޮޅުގައި މަސްވެރިކަން އަލުން އާލާކުރުމުގެ މަޤްޞަދުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މިފަދަ ފުރުސަތުތައް ހުޅުއްވާލައްވަނީ ރާއްޖޭގެ އިޤްތިޞާދު، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިޤްތިޞާދު ފުޅާކުރެއްވުމުގެ މަޤްޞަދުގައިކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ވަކި ތަރުތީބަކުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: