ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރޮށީ ސިއްހީ މަރުކަޒު ސައުވީސް ގަޑިއިރު ހިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސަނީ

ރައީސުލްޖުމްހޫރިއްޔާ، ށ. މަރޮށި ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރޮށީ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ، ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަރޮށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، މަރޮށީ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށްޓަކައި އިތުރަށް ބޭނުންވާ މުވައްޒަފުން ހިމަނައިދީ، މުވައްޒަފުން ނެގުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި، މުވައްޒަފުން ލިބި ހަމަވުމުން ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަދު އެރަށުގައި ފެށި ކޮންމެ މަޝްރޫއެއް ފުރިހަމަކޮށްދެއްވައި، ބޭނުންވާ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢަކީވެސް ރަށަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ވަޢުދެއްކަމުގައި ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމެނިގެން 14.5 ހެކްޓަރުގެ ބިން ހިއްކައި ނިމުމުން، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ސްކޫލްތައް އޭ.ސީ. ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، އޭސީ ކުރައްވާނީ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް ކަމުގައި ހާމަކުރެއްވިއެވެ. އެހެންނަމަވެސް މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރަށް ހޯލުވެސް އޭ.ސީ. ކޮށްދެއްވާނެ ކަމަށާއި އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެރަށުގައި އިތުރު މަލްޓިޕަރޕަސް ހޯލެއް ހައްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

މަރޮށީ މަގުހެދުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން، އިތުރު ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން، ބައެއް މުހިންމު މަގުތަކުން އެހެން މަގުތަކަށް ދިއުމަށް ހުންނަ ބައެއް ހުރަސް މަގުތައް، މަޝްރޫޢަށް އިތުރުކުރައްވާނެ ކަމަށާއި އަދި މަޝްރޫޢުގެ ސްކޯޕް ބަދަލުކުރުމުގެ ޤަވާޢިދުގައި އޮންނަ އެންމެ ބޮޑަކަށް، އިތުރު ގޯޅިތަކާއި މަގުތައް ހިމަނައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަރޮށީ ރައްޔިތަކު ހާމަކުރެއްވިގޮތުގައި، ޒަމާނުއްސުރެ އެރަށަކީ އަޅާނުލާ ދޫކޮށްލެވިފައިވާ ރަށެއްކަން ފާހަގަކުރައްވައި، ސަރުކާރުން މިއަދު ފެއްޓެވި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް، އަވަސް ފުރުޞަތެއްގައި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: