ހަޤީގީ ލީޑަރޝިޕްއަކީ އިންސްގެ އަލީގައި ފެންނަން ހުރި ހަޤީގަތް ޤަބޫލުކޮށް، ވަގުތީ ފައިދާއެއްގެ ބަދަލުގައި، އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް އިސްކަން ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޑރ ވަހީދު މިހެން ވިދާޅުވީ ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ ”ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންފަރެންސް 2025″ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ރ. ވަހީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫންކަމަށާއި އެއީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މައްޗަށް ބިނާވެފައިވާކަމެއްކަމަށެވެ. އަދި ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ އަސަރުކުރާނީ ހަމައެކަނި ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ނޫންކަމެވެ. ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ތާރީޚު ނެތިދިއުމުގެ ބިރުވެސް އެކަމުގެ ސަބަބުން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އުފެދޭ އަނެއް ބިރުގެ ގޮތުގައި ޑރ ވަހީދު ފާޙަގަކުރެއްވީ ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ތާރީޚު ނެތިދިއުމުގެ ބިރެވެ. އެހެން ނަމަވެސް ރާއްޖެއަކީ ކުޑަ ޤައުމެއްނަ މަވެސް، ރާއްޖެއަކީ ބަލިކަށި ޤައުމެއް ނޫންކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. ޑރ. ވަހީދު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރާނީ މި ދާއިރާއިން ކުރަމުންދާ މަސައްކަތުގައި ދުނިޔެއަށް ނަމޫނާ ދެއްކުމަށްކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީ ހާސިލުރުމަކީ އަމާޒުކަމަށާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
ހަރުދަނާ ލީޑަރޝިޕް ބިނާވެފައި އޮންނާނީ ފައިސާއާއި ސައިޒުގެ މައްޗަށް ނޫންކަމަށާއި، އެއީ ހިތްވަރުގެ މައްޗަށް ބިނާވެފައި އޮންނަކަމެއްކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ، ސައިންސްގެ އަލީގައި ފެންނަން ހުރި ހަޤީގަތް ޤަބޫލުކޮށް، ވަގުތީ ފައިދާއެއްގެ ބަދަލުގައި، އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް އިސްކަން ދިނުމަކީ ހަޤީގީ ލީޑަރޝިޕްކަމަށެވެ.
ރާއްޖެއިން މަސައްކަތްކުރާނީ ހިތްވަރާއި އުއްމީދާއި ގުޅުންތަކުގެ ތެރެއިން މަސައްކަތްކޮށްގެން، ވިލުންތެރި އަދި ދެމެހެއްޓެނި، ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ ތިމާވެއްޓާއި ބެހޭ ސަމިޓް ކޮޕް-29 ކުރެއްވި ތަގުރީރުގައި ފާހަގަކުރެއްވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ގިނަ މަސައްކަތަކެއް ކުރަމުންދާކަމަށާއި، މި ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ދިމާވާ ދަތިތައްކަމަށެވެ.
މޫސުމީ ހާލަތާއި، އަންނަމުން ދާ ބަދަލުތަކަށް ރައީސް ވިދަޅުވީ ދިވެހި ރާއްޖެއަކީ އެންމެ ނާޒުކު އެއް ގައުމަށްވާއިރު، މިއީ ހިތްވަރު ގަދަ ދިވެހި ރައްޔިތުންތަކެއް އުޅެމުންދާ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ދިޔައީ ފާއިތުވި 35 އަހަރުން ފެށީގެން ސްމޯލް އައިލެންޑް ކޮންފަރެންސުން ފެށިގެން މޫސުމީ ބަދަލުތަކާއި ގުޅިގެން އަންނަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލަމުން ކަމަށެވެ. އަދި އެކަމަށް ގޮވާލަމުން ދިޔަ އެއްވެސް ސަބަބަކަށް ބަދަލެއް އައިސްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ކަންޓްރީސް (ސިޑްސް) އަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މޫސުމަށް ކުރާ ނޭދެވޭ އަސަރު ލިބޭ ގެއްލުންތައްކަމަށާއި، ރާއްޖެ އަބަދުވެސް ކުރަމުން އައި ވާކާލާތަކީ އެފަދަ ގައުމުތަކަށް މާލީ ގޮތުން އެހީވުމަށް ކަމަށެވެ. އަދި ސިޑްސްގެ ނާޒުކުކަމަށް ކުރާ ހަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމާއެކު، މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ގޮވާލެއްވިއެވެ.
މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފިޔަވަޅު ފިޔަވަޅު އެޅުން ނުވަނަ ނޭޅުން އެޅުންލަސް ކުރުމަކީ ރާއްޖެފަދަ ގައުމުތަކަށް އޮތް ފުރުސަތެއް ނޫންކަމަށެވެ.

