ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ބައެއް މީހުންނަށް ދީފައިވާ ފްލެޓުތައް އަތުލުމަށް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ބައެއް ފަރާތްތަކަށް ދީފައިވާ ފްލެޓުތައް އަތުލުމަށްކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން ފްލެޓުތައް ދޫކުރަން ފެށީވެސް، ގޮތް ހުސްވެގެން ތަފާތު އެތައް ތަނެއްގައި އެތައް ވާހަކަތަކެއް ދެއްކުމަށްފަހުކަމަށް މައުރޫފް ވިދާޅުވިއެވެ. ފުލެތް އެލޮކޭޓް ކޮށްފައިވާ ބައެއް ފަރާތްތަކަށް އެލޮކޭޓް ކޮށްފައި ހުރި ފުލެޓް ނޫން އެހެން ފުލެޓް ދެމުންދާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

75 މާކްސް އިން ދަށުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ހިންގަނީ އެއްބަސްވުން ދީފައި ހުރި ފަރާތްތަކުގެ ބައެއް ފުލެޓްތައް އަތުލެވޭ ގޮތަކަށް ނުވަތަ އެފަރާތްތައް ހައްގުން މަހުރޫމްކުރެވޭ ގޮތަށްކަމަށެވެ. މި ވާހަކަތައް ދައްކަން ޖެހެނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހޮވި ސަބަބުތަކަކީ މި ފްލެޓުތައް އިންސާފުވެރިކަމާއިއެކު ދޫކުރުންކަމަށް މައުރޫފް ވިދާޅުވިއެވެ.

4،000 ފްލެޓުގެ މައްސަލައިގައި ހުށައެޅި ކުއްލި މައްސަލައާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ކުރީގެ ސަރުކާރުން މި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވަނިކޮށް، އަނެއްކާ އިތުރު އާ ލިސްޓެއް މި ސަރުކާރުން އެކުލަވާލީ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިންކަމަށެވެ. މީގެ ތެރެއިން އެތައް ބައެއް ފްލެޓު މަހުރޫމްކޮށް، ވާނުވާ ނޭގޭ އުސޫލެއްގެ ތެރެއިން ވަކި ބަޔަކަށް އެ ފްލެޓުތައް ދޫކޮށްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ބަލާއިރުގައި، އެއްވެސް ކޮންޓްރެކްޓެއް ދީފައިވާ ފަރާތެއްގެ ފްލެޓެއް އަތުނުލެވޭނެކަމީ، ގާނޫނު ދަންނަ ހަމަ ކޮންމެ މީހަކު ގަބޫލުކުރާނެ ހަގީގަތެއް. ދިވެހި ރައްޔިތަކާއި، ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއް އުވާލެވޭނެ ހަމައެކަނި ގޮތަކީ، ސަރުކާރުގެ ފަރާތުން، ނުވަތަ އެ އެއްބަސްވުމެއް ވެފައިވާ ފަރާތުން ކޯޓަށް ގޮސްގެން އެ އެއްބަސްވުން ނިންމުމަކަށް ގެނައިއްސި ހާލަތެއްގައި ނޫން އެއްވެސް ހާލަތެއް އެކަމަކު ނޯވޭ.

މައުރޫފް ވިދާޅުވީ ވެފައިވާ އެއްބަސްވުމެއް އުވާލެވޭނީ ކޯޓަށް ގޮސްގެން އެކަނިކަމަށާއި، ނަމަވެސް މި ސަރުކާރުން އެހެން ހުރި އެތައް ފްލެޓު އެއްބަސްވުތަކެއް ގާނޫނާއި ހިލާފަށް ބާތިލްކޮށްފައިވާކަމަށެވެ. މިކަމުގައި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް މައުރޫފް ގޮވާލެއްވިއެވެ.

މި ސަރުކާރުން ފްލެޓުތަކުން ނަގާ ކުލިވެސް ބޮޑު ކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މައުރޫފް ވިދާޅުވީ ފްލެޓުތައް ލިބުން ފަރާތްތަކުން ފްލެޓަށް ފައިސާ ދައްކަން ވާނީ ކުލި ދެއްކުމަށް އެއްބަސްވެފައިވާ އަދަދުންކަމަށެވެ.

މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށްވީ ހުރިހާ ވައުދެއް ވަނީ ބޮލާލާ ޖަހާފައިކަމަށާއި، ވަމުންދަނީވެސް ދޮގު ވައުދުތައްކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެއިތުރުން މައުރޫފް ކަންބޮޑުވުން ފާޅުކުރެއްވީ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ފާހަގަކޮށެވެ. އެއީ އެމްޑީޕީއިން އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ދެއްކެވި ވާހަކައެކެވެ. މައުރޫފް ވަނީ މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: