ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ވެރިންނަށް އިހުތިރާމެއް ނުކުރާ، އެއްވެސް އަހުލާގެއް ނެތް ބައެއް: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ވެރިންނަށް އިހުތިރާމެއް ނުކުރާ، އެއްވެސް އަހުލާގެއް ހުރި ބައެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީއާއި، އެ ސަރުކާރުގެ މަގާމުތަކަށް އަންނަނީ ”ނުލަފާކަން ހުންނަ ބޭފުޅުން“ ކަމަށާއި، އަދި ގިނަފަހަރަށް ނުލަފާ ނޫންނަމަ އެ މަގާމުތައް ހައްގުވެސް ނުވާކަމަށެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީގެ ބޭފުޅުން އަހުލާގީ ގޮތުން ރަނގަޅުވާން ޖެހޭކަމަށާއި، އެ ނޫން ގޮތަކަށް ގައުމަށް ހަމަޖެހުމެއް ނެތްކަމަށެވެ. އަދި ވިދަޅުވީ ރައްޔިތުންނަށް އަބަދުވެސް އެމްޑީޕީގެ ކިބައިން ފެންނަނީ ގޯސް ނުބައި ސިފަތަކެއް ކަމަށެވެ. ފަލާހު ވިދާޅުވީ އެ ޕާޓީގެ މެންބަރުންގެ ކިބައިން ފެންނަނީ އަހުލާގީ ގޮތުން ދަށުދަރަޖައިގެ ކަންތައްތައް ކަމަށާއި، ވެރިންނަށް އިހުތިރާމު ނުކުރުމާއި ގާނޫނުތަކާއި ގާވާއިދުތަކާ ހިލާފަށް އުޅުމަކީ ވަރަށް މޮޅުކަމެއްގެ ގޮތުގައި އެބޭފުޅުން ދެކޭކަމަށެވެ. އަދި ވާހަކަވެސް ހުންނަނީ އެފަދަ ގޮތަކަށްކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް، އެމްޑީޕީން ނޮވެމްބަރ 17 ގައި މުޒާހާރާއަށް ނިކުންނާތީ ވެސް ފަލާހު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ފަލާހު ވިދާޅުވީ ނޮވެންބަރު 17 އަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގެ ހުވާކުރެއްވި ދުވަސްކަމަށާއި، އެމްޑީޕީއަށް އެހީ ކޮން ދުވަހެއްކަން އެނގެންޖެހޭ ކަމަށެވެ. އެއަށް ފަހު ނޮވެމްބަރ 3 ގެ ހާދިސާގެ ވާހަކަ ނަންގަވައި ފަލާހު ވިދާޅުވީ އޭރު ވެސް ގައުމަށް ހިޔާނާތްވެ، ޣައްދާރުވީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި ބަޣާވާތެއް ހިންގައި، އެތައް ބަޔަކު ޝަހީދުކޮށްލައި ސަރުކާރު ވައްޓާލަން ހަމަލާ ދިންކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ބޭފުޅުން ތަންކޮޅެއް އަހުލާގީ ގޮތުން އަޅުގަނޑަށް ހީވަނީ ރަނގަޅުވާން އެބަޖެހޭ ކަންނޭނގެ… އޭރަށް ކަންނޭނގެ މި ގައުމު ހަމައަކަށް އެޅުވޭނީ.. އަބަދުވެސް މި ފެންނަނީ އެ ބޭފުޅުންގެ ކިބައިން ރައްޔިތުންނަށް ނުބައި ސިފަތަކެއް.. މި ދައްކައިދެނީ އަހުލާގީ ގޮތުން ވެސް ދަށުދަރަޖައިގެ ވެރިންނަށް އިހުތިރާމު ނުކުރުމާއި ގަމުގެ ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކާ މި ކަންކަމާ ހިލާފަށް އުޅުމަކީ ވަރަށް މޮޅުކަމެއްކަމާއި އެ ބޭފުޅުން ތެރޭގައި އަބަދުވެސް މަޝްހޫރު ވަނީ މަތީ މަގާމުތަކަށް އެމްޑީޕީގައި މި އާދެވެނީ ނުލަފާކަން ހުންނަ ބޭފުޅުންނަށް.. 

މީގެއިތުރުން ފެނަކައިގެ ހާއްސަ އޮޑިޓު މައްސަލައިގައި ފަލާހު ވިދާޅުވީ މަޖިލީހުގެ ކުރިޔަށް ހުރި ޖަލްސާތަކުގައި އެމްޑީޕީ އިތުރަށް ފަޟީހަތްވެ، އެ ޕާޓީގެ ވެރިކަމުގައި ހިނގާފައި ހުރި އެތައް ހިޔާނާތެއް ހާމަވެގެން އަންނާނެ ކަމަށެވެ. ރާއްޖެއަށް ވައްކަމާއި، ކޮރަޕްޝަން އާންމުކޮށް އޭގެ މައި ބަޔަކަކީ ވެސް އެމްޑީޕީކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ކޮރަޕްޝަނުގެ ވާހަކަތަކާއި އެކު، އެމްޑީޕީ އަބަދުވެސް ”ފާޅުވާ“ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، ދިވެހި ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި އެންމެ ބޮޑު އެސެޓެއް ހުރި ކުންފުނިއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށެވެ. ޓެކްސް ފައިސާއިން ހިއްކާފައި އޮތް ބިންތައް ދޫކޮށްލީ އެއްވެސް ބެލުމެއް ނެތިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: