ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރަށް ހުއްޓާލަން ފެނޭ: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަޝްރޫޢުތައް ދައުރެއްގެ މުއްދަތަށް ހުއްޓާލުން މުހިންމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދާއި، މާލީ ހާލަތާއި ގުޅުވައި ރައީސް ނަޝީދު ފަހަކަށް އައިސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެންމެ ފަހުން ވެސް ރައީސް ނަޝީދު ވަނީ އެއް އަތޮޅެއްގައި ގިނަ އެއާޕޯޓު އެޅުމުގެ ސިޔާސަތާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ޗައިނާއާއި، އިންޑިއާއަށް ދައްކަން ޖެހޭއިރު ރާއްޖެ އޮތީ އެ އަދާކުރެވޭ ހާލަތުގައިތޯ ރައީސް ނަޝީދު ސުވާލު އުފައްދާފައި ވެއެވެ. އަނެއްކާވެސް ހަމަ އެ ހާލަތާއި މެދު ސުވާލު އުފައްދައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހަތަރެއް، ނޫނީ ފަސް އަހަރަށް ހުއްޓާލަން ދެކިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރިޔަށް، ރިޔާސީ އިންތިހާބަށް ނިކުންނަ ކެނޑިޑޭޓުން ވެސް ވައުދުވާންވީ ”އިހަށް މަޑުކޮށްލާ“ ޝިއާރެއްގެ ދަށުންކަމަށެވެ. ރައީސް ނަޝީދު އެ އިޝާރާތް ކުރެއްވީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށެވެ. އަދި ވިދާޅުވީ ދެން އަންނަ ވެރިއަކު ”މަޑުޖެހިލާން“ ޖެހޭކަމަށާއި، ކޮންކްރީޓަކީ ތަރައްގީއެއް ނޫންކަމަށެވެ.

ރައީސް މަޝީދު ވިދަޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ، ބަޖެޓު ސާޕްލަސް، އާއި ރިޒާވް އިތުރުކޮށް ދަރަނި ކުޑަކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއްކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަ ރައްޔިތުންނަށް ސާފުވާނެކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ރައީސް ނަޝީދު ސުވާލު އުފެއްދި ނަމަވެސް، ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ބޭރުގެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން ގެންދާނެ ކަމަށެވެ. އަދި މިކަން ކުރައްވާނީ ފައިސާ ޗާޕުނުކޮށްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ދަރަނި ރިލީފް ކުރުމުގެ ހުރިހާ އެގްރީމަންޓުތަކެއްގައި ސޮއިކޮށް، އެކަން ހަމަޖެހިފައިވާކަން ޗައިނާ ސަރުކާރުން، އެ ގައުމުގެ ނޭޝަނަލް ޑޭގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގައި އިއުލާންކޮށްދެއްވާފައިވާކަމަށް ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: