ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 900އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ދިވެހި ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އަތޮޅުތަކުގެ އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފުޅާ ދާއިރާއެއްގައި ތަޢާރަފުކޮށްފައެވެ. މިގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް އަތޮޅުތަކުގެ އޮފީސްތަކުން 960 ޕާސްޕޯޓު ދޫކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މާލެ ސަރަޙައްދުގައި ދޫކުރެވުނު ޕާސްޕޯޓުތައް

މިދިޔަ ސެޕްޓެމްބަރު މަހު މުޅި ޖުމްލަ 3,884 ޕާސްޕޯޓު ދޫކުރެވިފައިވާއިރު، މީގެ ތެރެއިން މާލެ ސަރަޙައްދުގައި ދޫކުރެވިފައިވަނީ 2,904 ޕާސްޕޯޓެވެ. މިގޮތުން މާލެއިން 2,115 ޕާސްޕޯޓު، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓު، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓު އަދި ވިލިމާލެއިން 36 ޕާސްޕޯޓު ދޫކުރެވިފައިވެއެވެ.

އަތޮޅުތަކުގައި ޕާސްޕޯޓު ދޫކުރެވުނު މިންވަރު

އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ސ. މަރަދޫއިންނެވެ. އެރަށުން 146 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ހދ. ކުޅުދުއްފުށި ސިޓީން 144 ޕާސްޕޯޓު، ލ. ފޮނަދޫއިން 122 ޕާސްޕޯޓު އަދި ގދ. ތިނަދޫ ސިޓީން 111 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. މީގެ އިތުރުން ރ. އުނގޫފާރުން 100 ޕާސްޕޯޓު ދޫކޮށްފައިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ރާއްޖެއިން ބޭރުގައި ދެވޭ ޚިދުމަތް

ރާއްޖެއިން ބޭރުގައި ދިވެހިންނަށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެލޭޝިޔާގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. އަދި މިދިޔަ މަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓުކުރެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ ނޮވެންބަރު މަހުގެ ނިޔަލަށް  މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އަތޮޅުތަކުގެ އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފުޅާކުރެވި، ގިނަ އަދަދެއްގެ ޕާސްޕޯޓު ދޫކުރެވިފައިވުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ކާމިޔާބީގެ ހެއްކެކެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރެވި، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: